ކ. މާލެ
|
11 ޑިސެންބަރ 2020 | ހުކުރު 22:29
އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ
އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ
ރާއްޖެއެމްވީ
އެމްޑަބްލިޔުއެސްސީގެ ރިހި ޔޫބިލް ފާހަގަކުރުން
ފެންކުފުނީގެ ރިހި ޔޫބިލް ފާހަގަކުރަން ކަޕްކޭކް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ
ބީމަލުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރި ހުއްދަ އޮތް ފަރާތްތަކަށް އެކަނި
އެމްޑަބްލިޔުއެސްސީ ވުޖޫދުވެފައިވަނީ 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ 25 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަޕްކޭކް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ، އެ ކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް އެ ކުންފުނީގެ 25 ވަނަ އަހަރީ ދުވަހުގެ މުނާސަބަތަށް ކަޕްކޭކް ތައްޔާރު ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 14 ވަަނަ ދުވަހުގެ 11:00 އަށް ވަޑައިގެން، މައުލޫމާތު ސާފުކުރެއްވުމަށް އެދޭކަމަށެވެ.

މި ބީމަލުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރި ހުއްދަ އޮތް ފަރާތްތަކަށް އެކަނި ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައިވާއިރު، އަގު ހުށައެޅުމުގެ ސުންގަޑިއަކީ މި މަހުގެ 17 ވަނަ ދުވަހުގެ 11:00 އެވެ.

އެމްޑަބްލިޔުއެސްސީއަކީ 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ވުޖޫދުވި ކުންފުންޏެކެވެ. އަންނަ 2021 ވަނަ އަހަރު ހިދްމަތުގެ 25 އަހަރު ފާހަގަކުރާއިރު އެ ކުންފުންޏަކީ ގްރޭޓަރ މާލެ ސިޓީގެ އިތުރުން ރާއްޖޭގެ ބައެއް ރަށްތަކަށް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް، ހިދްމަތް ފޯރުކޮށްދޭ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

- ކޮމެންޓް