ރާއްޖެ ހިމެނޭގޮތަށް، އެޝިއާ ޕެސިފިކް ރީޖަންގެ ގައުމުތަކުގެ މާލީވަޒީރުންގެ ވަރޗުއަލް ބައްދަލުވުމެއް ބާއްވައިފި އެވެ.
މި ޖަލްސާގައި، ފެނާއި ނަރުދަމާއާއި ސާފުތާހިރު ކަމާއި ސިއްހަތާއި (ވޯޝް) ބެހޭ ދާއިރާއަށް ލިބިފައިވާ މާލީ ވަސީލަތްތައް އިހުންނަށްވުރެން ރަނގަޅަށް ބޭނުންކުރާނެ ގޮތްތަކާއި އަދި މިދާއިރާއަށް އިތުރު ވަސީލަތްތައް ގެނެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކޮށްފައިވެ އެވެ.
އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފައިނޭންސް މިނިސްޓަރުންގެ ޖަލްސާގައި ފެނާއި ނަރުދަމާ އާއި ތިމާވެއްޓާއި ބެހޭ ދާއިރާގެ އެންވަޔަރަމެންޓު މިނިސްޓަރ ހުސެއިން ރަޝީދު ހަސަންއާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އަދި ބައްދަލުވުމުން އެ ބޭފުޅުންގެ މެދުގައި ވޯޝްއަށް ފާއިދާހުރި މޮޅު އިންވެސްޓްމެންޓްއަށް މަގުފަހިވާ ގޮތުގެ މަތީން ތަފާތު ދާއިރާތަކާއި ސަރަހައްދުތަކުގެ ޕަރޓްނާޝިޕް ގާއިމުކޮށް މިފަދަ ގުޅުންތައް ހަރުދަނާ ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމުގައި ފާހަގަކޮށްފައިވެ އެވެ.
ކޮވިޑް 19 އިން ގައުމު ތަކުގެ އިގުތިސޯދަށް ކުރަމުންދާ އަސަރު ތަކުން މިއެގެމުންދަނީ، ފެނާއި ސާފުތާހިރު ކަމާއި ގުޅުންހުރި މައްސަލަތައް އާއްމު ސިއްހަތުގެ ދާއިރާއިން ބޭރުގެ އެތަކެއް ދާއިރާތަކާއި ގުޅިލާމެހިފައިވާ ކަމެއް ކަމުގައެވެ. މިގޮތުގެ މަތީން ތަފާތު ގައުމީ ދާއިރާތަކާއި، އަދި ބައިނަލް އަގުވާމީ އެކި ފަރާތްތަކާއި ގުޅިގެން ދެމެހެއްޓެނިވި ހައްލަށް އަމާޒު ކޮށް މާލީ ޕޮލިސީ ހެދުމުގެ ބޭނުންތެރިކަން ވެސް ހާމަވެގެންދިޔައެވެ.
މި ބައްދަލުވުން އިންތިޒާމު ކުރަނީ، ސަރަހައްދީ ގައުމުތަކުގެ ސަރުކާރާއި، އެހީދޭ ފަރާތް ތަކާއި، އާއްމު ޖަމިއްޔާ ޖަމާއްތަކާއި އަދި ތަރައްގީއަށް އެހީތެރިވާ އެހެނިހެން ފަރާތްތަކާއި، އާއްމުކޮށް ފެނާއި ސާފު ތާހިރު ކަމުގެ ވަސީލަތްތައް ފޯރުކޮށް ދިނުމަށް އެއްބަސްވެފައިވާ އަމާޒަށް މަސަތްކަތް ކުރާ ފަރާތްތަކުގެ ގުޅުމަކުން ނެވެ. މިފަރާތްތްކުގެތެރޭގައި ސެނިޓޭޝަން އެންޑް ވޯޓާ ފޯ އޯލް (އެސް.ޑަބުލިޔޫ.އޭ.) ޔުނިސެފް، ވޯލްޑް ބޭންކް، ގްލޯބަލް ވޯޓާ ޕްރެކޮޓިސް އާއި އޭޝިޔާ ޑިވެލޮޕްމެންޓް ބޭންކު ފާހަގަކުރެވެ އެވެ.
ކުރީ އަހަރުތަކާއި ހިލާފަށް މިއަހަރުގެ ޖަލްސާ ބާއްވާނީ ވަރޗުއަލްކޮށެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކަށް އޮންލައިންކޮށް ޖަލްސާ ބްރޯޑްކާސްޓް ކުރެވޭނެއެވެ.
މިޖަލްސާ އިންތިޒާމުކުރުމުގެ އިސްދައުރެއް އަދާކުރާ ސެނިޓޭޝަން އެންޑު ވޯޓާރފޯރ އޯލް އަކީ އެންމެނަށް ފެނާއި ސާފުތާހިރުކަމުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ބައިނަލް އަގުވާމީ ޕާރޓްނާރ ޝިޕްއެކެވެ.
މިޕްރޮގްރާމްގެ މައިގަޑު މަގުސަދަކީ އެކަކުވެސް ބާކީނުކޮށް ފެނާއި ސާފުތާހިރު ކަމުގެ ޙިދުމަތް 2030 ވާންވާއިރަށް އެންމެނަށް ފޯރުކޮށްދިނުމެވެ. އަދި މިޕްރޮގުރާމަށް އެހީތެރިކަން ފޯރުކޮށްދޭ ބައިވެރީންގެ ތެރޭގައި، ސެނިޓޭޝަން އެންޑް ވޯޓާރ ފޯރ އޯލް އާއި އެންޑު ވޯޓާރ ޕަވަރޓީ އެވެ.
މި ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ފެނާއި ނަރުދަމާއާއި ތިމާވެއްޓާއި ގުޅުންހުރި ކަންކަން ކުރިއެރުވުމަށް ވަކާލާތު ކުރާ ބައެއް ޖަމިއްޔާ ޖަމާއަތްތައް ބައްދަލުވެ، ފައިނޭންސް މިނިސްޓަރުންގެ މިޖަލްސާގައި ފޯކަސް ކުރުމަށް މުހިއްމު ބައެއްކަންތައްތައް ވަނީ ފާހަގަކޮށްފައެވެ. މިގޮތުން، ފެނާއި ނަރުދަމާއާއި ސެނިޓޭޝަންގެ ދާއިރާގެ ތަރައްގީއަށް ކަޑައެޅިފައިވާ ފައިސާ ދެކޮޅުޖެހޭ އުސޫލަކުން ބޭނުންކުރެވޭނެ ގޮތްތައް ހޯދުމަށްޓަކައި މިދާއިރާގެ މުއައްސަސާތައް ހަރުދަނާކޮށް، ކެޕޭސިޓީ އިތުރުކޮށް، ހިންގުންތެރިކަން ވަރުގަދަކުރުމަކީ މުހިއްމު ކަންތައްތައް ކަމުގައި ވަނީ ފާހަގަކޮށްފަ އެވެ.