ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 00:42
ސިމްބޮލިކް ރެކޯޑްސްއިން ޝޯވ އެއްގައި ޕާފޯމްކުރަމުން ދަނިކޮށް
ސިމްބޮލިކް ރެކޯޑްސްއިން ޝޯވ އެއްގައި ޕާފޯމްކުރަމުން ދަނިކޮށް
ސިމްބޮލިކް ރިކޯޑްސް
ސިމްބޮލިކް ރެކޯޑްސް
ސައުންޑް ކްލައުޑްގެ ނޫ ފާހަގަ ލިބުނު ފުރަތަމަ ދިވެހި ލޭބަލަކަށް ސިމްބޮލިކް
ސިމްބޮލިކަށް ސައުންޑް ކްލައިޑްގެ ފާހަގަ ލިބުމާއިއެކު ސިމްބޮލިކުގެ ފޭނުން އަންނަނީ މަރުހަބާ ކިޔަމުން
މިއީ ސިމްބޮލިކް ރެކޯޑްސްއަށް ލިބުނު ބޮޑު ކުރިއެރުމެއް
ސިމްބޮލިކްގެ އެންމެ ފުރަތަމަ ޕްރޮޑަކްޓްތައް ފޭނުންނަށް ދޫކޮށްލީ ސައުންޑް ކްލައުޑުން

ސައުންޑް ކްލައުޑްގެ ވެރިފައިޑް ފާހަގަ ލިބުނު ފުރަތަމަ ދިވެހި ލޭބަލަކަށް މަޝްހޫރު ހިޕްހޮޕް ލޭބަލް ސިމްބޮލިކް ރެކޯޑްސް ވެއްޖެއެވެ.

ސިމްބޮލިކް ރެކޯޑްސްގެ މާކެޓިންގ އެންޑް ޕީއާރް ޑިރެކްޓަރ އިސްމާއިލް ނާއިލް ނަޝީދު، ބުނީ މިއީ ސިމްބޮލިކް ރެކޯޑްސްއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، ހާއްސަކޮށް ސައުންޑް ކްލައުޑުން ރިކޮމެންޑްކޮށް އެންމެ ފުރަތަމަ ވެރިފައިކުރި އެކައުންޓްތަކުގެ ތެރޭގައި ސިމްބޮލިކް ހިމެނުން އެއީ ބޮޑު ކުރިއެރުމެއް ކަމަށް ނާއިލް ބުންޏެވެ.

ނާއިލް އިތުރަށް ބުނީ ސައުންޑް ކްލައުޑަކީ އެންމެ ކުރިންސުރެ އެންމެ ބޮޑު ފްރީ މިއުޒިކް ޕްލެޓްފޯމް ކަމަށާއި، ސިމްބޮލިކްގެ އެންމެ ފުރަތަމަ ޕްރޮޑަކްޓްތައް ފޭނުންނަށް ދޫކޮށްލީ ސައުންޑް ކްލައުޑުން ކަމަށެވެ.

ސިމްބޮލިކަށް ސައުންޑް ކްލައުޑްގެ ފާހަގަ ލިބުމާއިއެކު ސިމްބޮލިކުގެ ފޭނުން އަންނަނީ މަރުހަބާ ކިޔަމުންނެވެ. މަރުހަބާ ދެންނެވި މީހުންގެ ތެރޭގައި ޒުވާނުންގެ ވަޒީރު އަޙްމަދު މަޙްލޫފް ވެސް ހިމެނެއެވެ.

ރެޕް އަދި ހިޕްހޮޕް މިއުޒިކަށް ޚާއްސަކޮށްގެން އުފެއްދި ސިމްބޮލިކް ރިކޯޑްސްގެ ސްކޯޕް ފުޅާކޮށް، އެ ލޭބަލްއިން މިހާރު ދަނީ އެކި އެކިޒާތުގެ މިއުޒިކާއި، ވީޑިއޯގްރަފީގެ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ހިޕްހޮޕް އަލްބަމެއް ނެރުނީވެސް ސިމްބޮލިކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް