ކ. މާލެ
|
18 ނޮވެންބަރ 2020 | ބުދަ 15:20
އުލިގަމަށް ލައްގާފައިވާ ކޯމަސް
ރާއްޖެއެމްވީ
އުލިގަމަށް ކޯމަސްލެއްގުން
އުލިގަމަށް މަރުވެފައި އޮތް ކޯމަހެއް ލައްގައިފި
ކޯމަހުގެ ދިގުމިނުގައި 6 ފޫޓް ހުރިކަމަށް މައުލޫމާތުދޭ
އެ ރަށަށް އެންމެ ފަހުން ކޯމަހެއް ލައްގާފައިވަނީ ހަ އަހަރެއް ކުރިން
ކޯމަސް ވަނީ މިހާރު ވަޅުލާފައި

ހއ. އުލިގަމަށް މަރުވެފައި އޮތް ކޯމަހެއް ލައްގައިފި އެވެ.

އެރަށު ކައުންސިލްގެ ރައީސް އަހްމަދު މުއާޒު ''ރާއްޖެ.އެމްވީ'' އަށް ވިދާޅުވީ، ކޯމަސް އެ ރަށަށް ލައްގާފައިވަނީ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ދިގު މިނުގައި ހަ ފޫޓް ހުންނަ ކޯމަސް ލައްގާފައި ވަނީ އެރަށު އުތުރުކޮޅާ ދިމާލަށެވެ.

''އެއްވެސް ވަރަކަށް ކުނިވެފައެއް ނެތް. ގެއްލުމެސް ލިބިފައެއް ނުވޭ'' ކައުންސިލްގެ ރައީސް އަހްމަދު މުއާޒު އެ ކޯމަސް މިހާރު ވަނީ ރަށުގެ އެއްގަމު ސަރަހައްދުން ވަޅުލާފައެވެ.

އެކަމުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފްގެ އިތުރުން އެ ރަށުގެ ރައްޔިތުންނެވެ.

މުއާޒް ވިދާޅުވީ އެ ރަށަށް އެންމެ ފަހުން ކޯމަހެއް ލައްގާފައިވަނީ ހަ އަހަރެއް ކުރިން ކަމަށެވެ.

ދޭތެރޭ ދޭތެރެއިން ރާއްޖޭގެ އެކި ރަށްރަށަށް ކޯމަސް ލައްގަ އެވެ. ބައެއް ފަހަރު ކޯމަހުގެ އައިނުތައް ވެސް ރަށްރަށުގެ ވިލުތެރެއަށްވެސް ވަދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
- ކޮމެންޓް