ކ. މާލެ
|
5 ނޮވެންބަރ 2020 | ބުރާސްފަތި 14:02
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ރާއްޖެޓީވީގެ ފަަށާއިރު ޕްރޮގްރާމުގައި
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ރާއްޖެޓީވީގެ ފަަށާއިރު ޕްރޮގްރާމުގައި
ރާއްޖެއެމްވީ
ސީޕީ ހަމީދަށް އެމްސީ ކިޔުނު ގޮތް
އެމްސީ އަކީ މިލްކް ކްރެބް، އެއީ ސްކޫލް ދައުރުގައި ކީ ވަނަމެއް: ސީޕީ ހަމީދު
އެމްސީ ވަނަން ދިނީ މަޖީދިއްޔާ ސްކޫލުގެ ގްރޭޑް 9 ގައި އުޅެނިކޮށް
ހަރމިޓް ކްރެބް ކިޔަން އުނދަގޫވި ހިސާބުން ނަން ދިނީ
އެކުގައި އުޅޭ މީހުންނާއި މަސައްކަތު މާހައުލުގައި އުޅޭ މީހުންނަށް ވެސް ބޮޑަށް އެނގޭނީ އެމްސީގެ ނަމުން

އެމްސީ އަކީ މިލްކް ކްރެބް ކަމަށާއި، އެއީ މަޖީދިއްޔާ ސްކޫލުގައި ތައުލީމް ހާސިލްކުރެއްވި އިރު ކްލާސް ކުދިން ދިން ވަނަމެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަމީދު ވަނީ އެމްސީ (މިލްކް ކްރެބް) ކިޔުނު ގޮތް ހިއްސާކުރައާވަފައެވެ. އެގޮތުން ހަމީދު ވިދާޅުވީ މަޖީދިއްޔާ ސްކޫލުގެ ގްރޭޑް 9 ގައި އުޅެމުން އައި އިރު ކްލާހުގައި ހިމެނޭ އެންމެންނަށް ވަނަމެއް ދިނުން އޮންނަ ކަމަށެވެ. އަދި އެއިރުވެސް ހަމުގެ ކުލަ ތަންކޮޅެއް ދޮންވެފައި ކުޑަކޮށް ހުންނާތީ އަދި ފިޝަރީސް ސައިންސް އަކީ އޮޕްޝަނަލް މައްދާއެއްގެ ގޮތުގައި ކިޔަވަމުން އައި މާއްދާއަކަށްވެފައި ކުރިއަށް ގެންދިޔަ ފިލާވަޅެއްގެ ތެރެއިން ނަން ދެވުނު ކަމަށެވެ.

އެއްދުވަހަކު ނަގައިދިން ފިލާވަޅަކާއި ގުޅިގެން ހާމިޓް ކްރެބާއި ސީ އެނިމޯނިއާއި ދޭތީގެ ކަނޑުގެ އަޑީގައި އޮންނަ ގުޅުމާއި ބެހޭ ފިލާވަޅެއް ނަގައިދިނުމުގެ ތެރޭގައި ހާމިޓް ނަން ނުކިޔުނު އެކަކަށް އަޅުގަނޑުވީތީ ހާމިޓް ކްރެބް ހަމީދު ކްރެބަށް ހަދައިގެން ފުރަތަމަ ހަމީދު ކްރެބް ކީ. ކްރެބް މިކިޔަނީ ތަންކޮޅެއް ދޮންކޮށް ހުންނާތީ. ދެން ވަކި ހިސާބަކުން ބޮއް ކަކުންޏަށް ބަދަލުވެއްޖެ އެ ވަކި ހިސާބަކުން. ދެން ބޮއް ކަކުނި ކިރު ކަކުންޏަށް. ދެ އެ އިނގިރޭސީ ކޮށްފައި މިލްކް ކްރޭބް މިކިޔަނީ. ދެން އެއިރު ހުންނާނެ މަޖީދިއްޔާ ސްކޫލުގައި އަޅުގަނޑުމެން އުޅުނު ކްލާހުގައި ނަން ދެވޭ ކޮންމެ މީހެއް ރަމްޒުކޮށްދޭ ނިޝާނެއް ކުރަހާފައި ބޯޑު ވަށައިގެން. އެގޮތުން އެންމެނަށް އެނގިގެން ދިޔައީ އެ ނަން،
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

ހަމީދު ވިދާޅުވީ ރަށްޓެހިން ވެސް އަދި ވަޒީފާގެ ދާއިރާ ތެރޭގައި އެންމެން ވެސް ދަންނަނީ އެ ނަމުން ކަމަށާއި، އޭގެ ތެރެއިން އެންމެނަން ފަރިތަވެގެން އައިސް އަދިވެސް ކިޔަނީ އެ ނަން ކަމަށެވެ.

ސްކޫލް ހަޔާތާއި ގުޅޭގޮތުން ހަމީދު ވިދާޅުވީ އުމުރުން އެއް އަހަރުގައި މާލެއަށް ކިޔަވަން އައިންސުރެ އުޅެމުން އައީ ބޮޑު ދައިތައެއް ކައިރީގައި މައިންބަފައިންނާއި ވަކިން ކަމަށާއި، ގާތްގަނޑަކަށް އުމުރުން 11 ނުވަތަ 12 އަހަރު ވަންދެން ހުރީ ބޮޑު ދައިތައާއި އެކީގައި ކަމަށެވެ. އަދި އެލްކޭޖީ ޔޫކޭޖީން ފަށައިގެން ގްރޭޑް 4 ހަމައަށް އުޅުނީ އިސްކަންދަރު ސްކޫލުގައި ކަމަށާއި، ފަހުން މަޖީދިއްޔާ އަށް ބަދަލުވި ކަމަށެވެ. އަދި ސްކޫލް ދައުރުގެ ވަރަށް އެހެންކަހަލަ ހަނދާންތައް ހުންނަ ކަމަށެވެ.

ހަމީދު ވިދާޅުވީ އޭނާއާއި އެކު އެއިރު އެއްކްލާހެއްގައި ކިޔަވަން އުޅުނު ފަރާތްތައް އިސް މަގާމުތަކުގައި މިހާރު އެބަތިބި ކަމަށެވެ. އަދި ހާއްސަކޮށް މި ފަހަކަށް އައިސް ސްޕްރީމް ކޯޓުގެ އެއް ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އައިޝާ ޝުޖޫންއާއި ކުރީގެ އެޓަރނީ ޖެނެރަލް އަނިލް އަދި ޕަބްލިކް ބޭފުޅުން އެބަ އުޅުއްވާ ކަމަށެވެ.

- ކޮމެންޓް
5 ނޮވެންބަރ 2020 | ބުރާސްފަތި 23:57
1828
އަހަރެމެން ބެޗްގެ ކުދިން ބުނަނީ އެމް.ސީ އަކީ މެޑިކަލް ސެޓްފިކެޓްކަމަށް