ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީން ހިންގުމަށް ހަމަޖެހިފައިވާ ''ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ، ކްލާސް އޮފް 2025'' ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
ހަ ބައިވެރިއަކު ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ މި ކޯހަކީ، ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީއިން އެމެރިކާގައި ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ބެޗްލަރސް ޑިގްރީ ކޯހެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 2021 ޖޫން ގައެވެ.
މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމް ފުރުމަށްފަހު، 2020 އޮކްޓޫބަރު 28 ވަނަ އެޕްލިކޭޝަން ފޯމް އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިންގ ގެ ކޯސް ޑިޕާރޓްމަންޓުގެ އީމެއިލް އެޑްރެސް[email protected]އަށް މެއިލް ކުރުމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ކޯހުގައި ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި ކެމިސްޓްރީ، އިންޖިނިއަރިންގ، ކޮމްޕިއުޓަރ ސައިންސް، ޑިފެންސް ސްޓްރެޓެޖިކް ސްޓަޑީޒް، އިންފޮމޭޝަން ޓެކްނޮލޮޖީ، ސައިންސް، މެތަމެޓިކްސް، އިންޓަރނޭޝަނަލް ރިލޭޝަންސް، ލީގަލް ސްޓަޑީޒް، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސަރޗް، ފިލޯސަފީ، ސައިކޮލޮޖީ އަދި ސޯސިއޮލޮޖީ ހިމެނެއެވެ.