އައްޑޫ ފްލައިންގ ސްކޫލުގައި ތަމްރީނު ހޯދަމުންދާ ދަރިވަރުންގެ ކަންބޮޑުވުންތަކަށް އެކި ގޮތްގޮތުން ހައްލު ހޯދައިދެވޭތޯ ކުރަމުންދާ މަސައްކަތުގެ ދަށުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ކަމާއި ގުޅުން ހުރި ފަރާތްތަކާއި އެކު މަޝްވަރާކޮށްފިއެވެ.
ބުދަ ދުވަހު ހެނދުނު ސިވިލް އެވިއޭޝަންގައި އޮތް މިބައްދަލުވުމުގައި މިނިސްޓްރީއާއި ސިވިލް އެވިއޭޝަން އޮތޯރިޓީއާއި އޭޝިއަން އެކަޑަމީ އެއިރޮނޯޓިކްސް (އައްޑޫ ފްލައިންގ ސްކޫލް) ގެ މެނޭޖްމަންޓުގެ އިސްވެރިންވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި އެ ސްކޫލްގެ މެނޭޖްމަންޓުން ވަނީ ދެ ފުށް ފެންނަ ގޮތަށް ދަރިވަރުންގެ ޝެޑިއުލްތައް ހެދުމަށްފަހު ސިވިލް ހިއްސާކުރަން އެއްބަސްވެފައެވެ.
އޭގެ އިތުރުން، ކުރިން ދަރިވަރުން ފްލައިންއަށް ހޭދަކުރާ 3 ދުވަހުގެ ބަދަލުގައި މިހާރު ފަސް ދުވަހަށް ޝެޑިއުލްކުރާ ކަމަށާއި އަލަށް ކުދިން ނަގާނީ އެތަނުގެ އޮނިގަނޑު ހަމައަކަށް އެޅުވުމަށްފަހުގައި ކަމަށްވަނީ ބުނެފައެވެ. އެގޮތުން ކޮންމެ 6 ދަރިވަރަކަށް އިންސްޓްރަކްޓަރއެއް ހުންނަން ޖެހޭނެ ކަމަށް ޤަވާއިދުގައި ބުނާއިރު މިހާރު އެތަނުގައި އިންތިހާއަށް ކުދިން ގިނަ ކަމަށް ވަނީ މައުލޫމާތުލިބިފައެވެ.
ބައެއް ދަރިވަރުންނަކީ ކޯސް ދިގުލައިގެން ގޮސް 4 އަހަރު ނުވަތަ 3 އަހަރު ވެފައިވާ ކުދިން ކަމަށާއި "ޗެކް ރައިޑް" އަޅަން ފްލައިޓެއް ނެތި ގިނަ ދުވަސް އެކަމަށްވެސް ހޭދަ ކުރަން ޖެހިފައިވާ ކަމަށް ދަރިވަރުން ފާޅުކޮށްފައިވާ ކަންބޮޑުވުމާއި ގުޅިގެން އައްޑޫ ފްލައިންގ ސްކޫލްއިން ބުނެފައިވަނީ މިމައްސަލަ ހައްލުކުރުމަށް އެއަރ ކްރާފްޓް ހަމަޖައްސައިދޭނެ ކަމަށެވެ.
ދަރިވަރުންގެ ކަންބޮޑުވުންތަކާއިއެކު ހަޅުތާލުކުރުމަށް ނިންމާފައިވާތީ، ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަންއާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވެފައިވަނީ ރާއްޖޭގައި ކިޔެވުމަށް ދޫކުރާ ލޯނުގައި އެ ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރުން ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ހުއްދަ ދީފައި ވާނެ ކަމަށެވެ.
އައްޑޫ ފްލައިންގ ސްކޫލްގައި ކޯސް ނިންމުމަށް ތާވަލުކޮށްފައިވާ މުއްދަތުގައި ފަހުގެ ތާރީހެއްގައި ނިންމި ދަރިވަރެއް ނެތެވެ. އަދި ގިނަ ދަރިވަރުންނަކީ މިހާރު އިމްތިހާނު ނިންމާފައިވާ ދަރިވަރުން ކަމަށްވާއިރޔ، ނަތީޖާ ނުލިބި ގިނަ ދުވަސްތަކެއް ވަމުން އަންނަ ކަމަށް ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ. މި މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލު ކުރުމަށް ކަމާއި ގުޅުން ހުރި ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ހާމަކޮށްފައެވެ.