ކ. މާލެ
|
7 އޮކްޓޯބަރ 2020 | ބުދަ 09:55
އެޑީ ވެން ހެލެން
އެޑީ ވެން ހެލެން
ފޮކްސް ނިއުސް
ގިޓާރިސްޓް އެޑީ ވެން ހެލެން މަރުވުން
ރޮކް އެންޑް ރޯލްގެ މަޝްހޫރު ގިޓާރިސްޓް އެޑީ ވެން ހެލެން މަރުވެއްޖެ
މަރުވީ ކެންސަރު ބަލީގެ ސަބަބުން
މަރުވިކަން ވަނީ އޭނާގެ ދަރިފުޅު ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ހިއްސާ ކޮށްފައި
އެޑީ އެންމެ ފަހު ނޭވާ ލީ ސެންޓާ މޮނިކާ ހޮސްޕިޓަލް ގައި

ރޮކް އެންޑް ރޯލް ގެ އެންމެ މަގުބޫލު ގިޓާރިސްޓް، އެޑީ ވެން ހެލެން މަރުވެއްޖެއެވެ.

އުމުރުން 65 އަހަރުގެ އެޑީ މަރުވީ ސެންޓާ މޮނިކާ ހޮސްޕިޓަލްގައި ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އޮކްޓޯބަރު 10 ވަނަ ދުވަހު އެޑީގެ ދަރިފުޅު ވުލްފް ވެން ހެލެން ވަނީ ބައްޕަ މަރުވިކަން ހާމަކޮށް ސޯޝަލް މީޑިއާގައި މެސެޖެއް ހިއްސާކޮށްފައެވެ.

އެ މެސެޖުގައި އޭނާގެ ދަރިފުޅު ބުނެފައިވަނީ އެއީ މީހަކަށް ލިބޭނެ އެންމެ ރަނގަޅު ބައްޕަ ކަމަށާއި ސްޓޭޖް މަތީގައި އާއި އޮފް ސްޓޭޖްގައި ބައްޕައާ އެކީގައި ހޭދަ ކުރި ކޮންމެ ވަގުތަކީ ވެސް "ގިފްޓެއް" ކަމަށެވެ. ބައްޕަ މަރުވުމުން ހިތް ކުދިކުދިވެއްޖެ ކަމަށާއި ބައްޕަ ވަކިވެގެން ދިޔުމުން ލިބުނު ހިތާމައިން އަރައިނުގަނެވޭނެ ކަމަށެވެ.

ވުލްފް ވެން ހެލެން ޓްވިޓާރގައި ހިއްސާކުރި ޓްވީޓް

އެޑީ މަރުވިއިރު އޭނާގެ ދަރިފުޅު ވުލްފް އާއި އޭނާގެ ބޭބެ އެލެކްސް އަދި އަންހެނުން ޖެނީ ކައިރީގައި ތިއްބި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެޑީ އަކީ 1972 ގައި ފެށި ވެން ހެލެން ބޭންޑް ގެ ލީޑް ގިޓާރިސްޓް އަދި ސޯންގް ރައިޓާރކަން ފާހަގަކޮށްލެވެއެވެ. މި ބޭންޑު އެކުލަވާލީ އޭނާ އާއި އޭނާގެ ބޭބެ ޑްރަމާރ އަލެކްސް ވެން ހެލެން، ބޭސިސްޓް މާރކް ސްޓޯން އަދި ސިންގަރ ޑޭވިޑް ލީ ރޮތް އާއި އެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް