ކ. މާލެ
|
5 އޮކްޓޯބަރ 2020 | ހޯމަ 07:47
ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ
ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ
މުހައްމަދު ޝަރުހާން
މުދައްރިސުންގެ ދުވަސް 2020
މުދައްރިސުން ބިނާކުރައްވަމުން ގެންދަވަނީ މާދަމާގެ ޖީލް، އެއީ މިޕެންޑެމިކްގެ ބަތަލުން: އެޑިޔުކޭޝަން
މިޕެންޑެމިކްގެ ހީރޯއިންނަކީ ޓީޗަރުން
ޑިސްޓަންސް ލާރނިން އީ-ލާނިންއަކަށް ބަދަލުކޮށްލި
ޓީޗަރުން ވާރޗުއަލްގެ ތެރެއިން ވަރަށް ގިނަ އައު ޓެކްނޮލޮޖީތައް ދަސްކުރި

މުދައްރިސުން ބިނާކުރައްވަމުން ގެންދަވަނީ މާދަމާގެ ޖީލް ކަމަށާއި އަދި ގައުމުގެ މުސްތަޤްބަލު ކަމަށްވާއިރު އެއީ މިޕެންޑެމިކްގެ ބަތަލުން އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އެންމެހާ ލޮބުވެތި މުދައްރިސުންނަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އަރިސްކޮށްފަ އެވެ.

މުދައްރިސުންގެ ހިތްވަރު، ކުރިމަގުގެ ތަސައްވަރު، ކަމަށްވާއިރު މިފަދަ ޕެންޑޭމިކް އެެއްގެ ތެރެއިން ޓީޗަރުން ދައްކަވަމުން ގެންދަވާ ހިތްވަރު މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

އަދި މި ޕެންޑެމިކް ފެށުނު އިރު ފުރަތަމަ، ދުރުން ދޭ ތައުލީމްގެ ވާހަކަ މުދައްރިސުންނަށް ކިޔައިދެވުނީ ވަރަށް ކުޑަކޮށް ކަމަށާއި ގޭގައި ތިބެގެން ކުދިންނަށް ކިޔަވައިދިނުން އައު ކަމަކަށް ވެގެންދިޔައިރު ޓީޗަރުން މިކަމުގެ ތެރެއިން ވަރަށް ގިނަ އައު ޓެކްނޮލޮޖީތައް ދަސްކޮށްފައިވާ ކަމަށް މިނިސްޓްރީން ފާހަގަކުރެ އެވެ.

އަދި ވާރޗުއަލްކޮށް ކިޔަވައިދޭން ފެށުމުން މިކަމުގެ ތެރެއިން ދިމާވާ މައްސަލަތައް ހައްލުކޮށް، ކުދިން މިކަމުގެ ތެރެއަށް ވެއްދޭނެ ގޮތް އައު ކަންކަންތައް ކުދިންނަށް ކިޔައިދިނުމަށް މުދައްރިސުން ކުރަމުންދާ މަސައްކަތް ވެސް އެޑިޔުކޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

ޑިސްޓަންސް ލާރނިން އީ-ލާނިންއަކަށް ބަދަލުކޮށް މިޕެންޑެމިކްގެ ބަތަލުންނަކީ ޓީޗަރުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.

ކޮވިޑް 19އާއި ގުޅިގެން ކުދިން ތައުލީމް ހާސިލްކުރަމުންދަނީ ވާރޗުއަލްކޮށް ގޭގައި ތިބެގެންނެވެ. މާލޭގެ ސްކޫލުތަކުގައި ކިޔަވައިދޭން ފެށުމާއި ގުޅޭގޮތުން މިހާރު ދަނީ މަޝްވަރާކުރަމުންނެވެ.

- ކޮމެންޓް