އެންމެ ހަ މަހުގެ ތުއްތު ކުއްޖަކު ވޯޓާރ ސްކީ ކޮށްގެން ދުނިޔޭގެ ރެކޯޑެއް މުގުރާލައިފިއެވެ.
ރިޗް ހަމްފްރީ ރެކޯޑް ހަދާފައި މިވަނީ އެމެރިކާގެ ސަދަން ޔޫޓާގެ އޮންނަ ލޭކް އެއްގައި ވޯޓަރ ސްކީ ކޮށްގެންނެވެ.
ހަ މަހާއި ހަަތަރު ދުވަހުގެ ރިޗް ވެގެން ގޮސްފައި ވަނީ ވޯޓަރ ސްކީކުރި އެންމެ ހަގު ކުއްޖާއަށެވެ.
ދަ ސަންގައި ރިޕޯޓްކޮށްފައިވާގޮތުން ރިޗް ފެނިގެންދަނީ ދަގަނޑުން ހިފަހައްޓައިގެން ހުރެވޭ ގޮތަށް ހަދާފައި ހުރި ލަކުޑި ބޯޑެއްގެ މަތީގައި ސްކީ ކުރަމުންދަނިކޮށެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ރިޗްގެ ބައްޕަ ކެއިޒީ ރިޗްގެ އެހީއާއިއެކު ރިޗް ވޯޓާ ސްކީ ކޮށްފައިވާއިރު ސަލާމަތަށްޓަކައި އޭނާ ގާތުން އެހެން ބޯޓެއްގައި ދުއްވާފައިވާ މަންޒަރު ފެނިގެންދެއެވެ.
ރިޗްގެ އިންސްޓަގްރާމް ޕޭޖްގައި އަޕްލޯޑް ކޮށްފައިވާ ވީޑިއޯގެ ކެޕްޝަންގައި އޭނާގެ މަންމަ މިންޑީ ބުނެފައިވަނީ ރިޗް ގޮވައިގެން ވޯޓާ ސްކީ ކުރުމަށް ދިޔައީ އޭނާ އަށް ހަ މަސް ފުރުން ފާހަގަކުރުމަށް ކަމަށާއި، މިއީ ރެކޯޑަކަށް ވާނެ ކަމަށް ހީނުކުރާ ކަމަށެވެ. އެކަމަކު ރެކޯޑެއް ރިޗް ހެދުމުން އެކަމާއި އުފާ ކުރާ ކަމަށް އޭނާ ބުންޏެވެ.