ކ. މާލެ
|
25 ސެޕްޓެންބަރ 2020 | ހުކުރު 12:19
ޓްރަމްޕް އާއި މޭގަން
ޓްރަމްޕް އާއި މޭގަން
ގޫގުލް
މުނިފޫހިފިލުވުން
ޓްރަމްޕްގެ ހޫނު ބަހުގެ ހަމަލާއެއް މޭގަން އަށް!
އެމެރިކާ ރައްޔިތުންނަށް އަންނަ މިއީ ވަރަށް މުހިންމު އިންތިހާބެއްކަމަށް މޭގަން ބުނެފައިވޭ
ހެރީވެސް އަދި މޭގަންވެސް ޓްރަންޕްގެ ނަން ހާމަކޮށްފައެއް ނުވޭ
ޓްރަމްޕް ބުނީ ހެރީ އާއި މޭގަން ވަނީ އިމުން ބޭރުވެފައިކަމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބަހުގެ ހަމަލާތަކެއް މޭގަން މާކެލްއަށް ދީފިއެވެ.

ޓްރަމްޕްގެ ބަހުގެ ހަމަލާތައް މޭގަންއަށް ރައްދުކުރީ ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބަކީ މިހާރު ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ އެމެރިކާގެ ރައްޔިތުންނަށް އެމީހުންގެ ހަޔާތުގައި އަންނާނެ އެންމެ މުހިއްމު އިންތިހާބު ކަމަށް ބުނެ މޭގަން ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

"އޭބީސީ" އިން ގެނެސްދިން ޓީވީ ޕްރޮގްރާމަކަށް ޕްރިންސް ހެރީ އާއި މޭގަން މާކެލް ދީފައިވާ ވީޑިއާ އިންޓަވިއު އެއްގައި ވިދާޅުވީ، އެމެރިކާގައި ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ އިންތިހާބުެ ތެރެއިން މި އަހަރު ބާއްވާ އިންތިހާބަކީ ހަޔާތުގައި އަންނާނެ އެންމެ މުހިންމު އެއް އިންތިހާބުކަމަށެވެ. އަދި ހާއްސަކޮށް އެމެރިކާ ރައްޔިތުންނަށް މިއީ ވަރަށް މުހިންމު އިންތިހާބެއްކަމަށާއި މިއަށްވުރެ ވަކި މުހިންމު އިންތިހާބެއް ދެން ނާންނާނެކަމަށްވެސް ހެރީ އާއި މޭގަން ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ނަފުރަތު އުފެއްދުމާއި ހަގީގަތް އޮޅުވާލަން ކުރަމުންދާ މަސައްކަތާއި ދެކޮޅަށް މި އަހަރުގެ ނޮވެމްބަރުގައި ވޯޓްދޭން ޖެހޭނެކަމަށް ވެސް މޭގަން ވިދާޅުވިއެވެ.

މި ވީޑިއޯ އިންޓަވިއުގައި ހެރީވެސް އަދި މޭގަންވެސް ޓްރަމްޕްގެ ނަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޓްރަމްޕް ވަނީ އެއީ އޭނާ އާއި ދެކޮޅަށް ދީފައިވާ އިންޓަވިއުއެއް ކަމަށް ވިދާޅުވެފައެވެ. އިތުރަށް ޓްރަމްޕް ވިދާޅުވީ ހެރީ އާއި މޭގަން ވަނީ އިމުން ބޭރުވެފައިކަމަށާއި، އޭނާ އަކީ މޭގަން ގެ ސަޕޯޓަރެއްނޫންކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް