ކ. މާލެ
|
24 ސެޕްޓެންބަރ 2020 | ބުރާސްފަތި 22:10
ޝްވެތާ ތިވާރީ
ޝްވެތާ ތިވާރީ
އިންސްޓަގްރާމް
ޝްވެތާ ޕޮސިޓިވްވުން
ޝްވެތާ ތިވާރީ ވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ބަލީގެ ޢަލާމާތްތައް ފެންނަކަމަށް
ޓެސްޓް ހެދިއިރު ނަތީޖާވެސް ޕޮސިޓިވްވެފައިވާ ކަމަށް
އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހާއި ހަމައަށް އައިސޮލޭޝަންގައި ހުންނަންޖެހޭ

ކަސައުޓީ ޒިންދަގީކޭގެ ސީޒަން 1 ގެ ޕްރޭނާގެ ރޯލްއިން ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ޝްވެތާ ތިވާރީ ކޮވިޑް19އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ނޫސްތަކަށް ދީފައިވާ އިންޓަރވިއުގައި ޝްވެތާ ބުނެފައިވަނީ، މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ބަލީގެ ޢަލާމާތްތައް ފެންނަން ފެށި ކަމަށާއި، ޓެސްޓް ހެދިއިރު ވައިރަސްއަށް ޕޮސިޓިވްވެފައިވާ ކަމަށެވެ.

މިހާރު ސޮނީ ޓީވީ އިން ގެނެސްދޭ ޑްރާމާ ސިލްސިލާ "މެރޭ ޑޭޑްކި ދުލްހަން" ގައި މަސައްކަތް ކުރަމުންދާ ޝްވެތާ ބުނި ގޮތުގައި އޭނާ މިހާރު ހުރީ އަމިއްލަ ގޭގައި ސެލްފް އައިސޮލޭޝަންގައެވެ. ޝްވެތާ އިތުރަށް ބުނެފައިވަނީ، ކުރިޔަށްވުރެ މިހާރު ޙާލު ރަނގަޅު ކަމަށާއި، އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހާއި ހަމައަށް އައިސޮލޭޝަންގައި ހުންނަން ޖެހޭ ކަމަށެވެ. އަދި މި މަހުގެ 27 ވަނަ ދުވަހު އިތުރު ޓެސްޓްތައް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޝްވެތާ ބުނެފައިވެއެވެ.

އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށްފައިވާ މި ސީރިޒް، ސްޓާރ ޕްލަސް އިން ގެނެސްދޭން ފަށާފައިވަނީ 2001 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައެވެ. ދެމަފިރިންގެ ދިރިއުޅުމާއި، ދިރިއުޅުމުގައި ދިމާވާ އެހެނިހެން ކަންތައްތައް ދައްކުވައިދޭ މި ސީރީޒްގެ ޖުމްލަ 1432 އެޕިސޯޑްސް އާންމުންނާއި ހަމަޔަށް ގެނެސްދީފައިވާއިރު މިއީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަޤްބޫލުވެގެން ދިޔަ ސީރީޒްއެކެވެ.

ސަޕޯޓަރުންގެ އެދުމުގެ މަތިން، "ކަސައުޓީ ޒިންދަގީކީ" ގެ ސީޒަން 2 ވެސް މިހާރު ގެނެސްދެމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

- ކޮމެންޓް