ކ. މާލެ
|
22 ސެޕްޓެންބަރ 2020 | އަންގާރަ 14:28
ކަރީނާ އާއި ކަރިޝްމާ
ކަރީނާ އާއި ކަރިޝްމާ
އިންސްޓަގްރާމް
މުނިފޫހިފިލުވުން
ކަރީނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަން ކަރިޝްމާ ހިއްސާކުރީ ހާއްސަ ފޮޓޯއެއް
ފޮޓޯގައި ކަރިޝްމާ ކަރީނާގެ ކޮނޑަށް އަތްލައިން އިނީ ދައްތަ ކޮއްކޮއަށް ހިމާޔަތްދޭފަދައިން
ކަރީނާ އާއިލާ އާއި އެކުގައި އުފަންދުވަސް ފާހަގަ ކުރުމުގެތެރެއިން ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮއްފައިވޭ

ކަރީނާގެ 40 ވަނަ އުފަންދުވަހުގެ ތަހުނިޔާ ކިޔަން ކަރީނާގެ ދައްތަ ކަރިޝްމާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަށް ވަނީ ގިނަބައެއްގެ ސަމާލުކަން ލިބިފައެވެ.

ކަރިޝްމާ ހިއްސާކުރި އެ ދެބެއިންގެ ކުޑައިރުގައި ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯގައި ކަރިޝްމާ ކަރީނާގެ ކޮނޑަށް އަތްލައިން އިނީ ދައްތަ ކޮއްކޮއަށް ހިމާޔަތްދޭ ފަދައިންނެވެ. އަދި ކެޕްޝަންގައި ލިޔެފައިވެސް ވަނީ އަބަދުވެސް ހިމާޔަތްކުރާނެ ކަމަށެވެ.

ކަރިޝްމާގެ މި ފޮޓޯއަށް ގިނަ ބަޔަކު އަންނަނީ ކޮމެންޓްކޮށް ކަރީނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ. މި ޕޯސްޓްގެ ކުރިން ކަރިޝްމާ ވަނީ ކަރީނާ އާއިލާ އާއި އެކުގައި އުފަންދުވަސް ފާހަގަ ކުރުމުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.

މި ފޮޓޯތަކުން ކަރީނާގެ އުފަންދުވަހުގެ ކޭކު ފެނިގެންދެއެވެ. ކޭކުގައި ފެބިއުލަސް 40 ޖަހާފައި ވެއެވެ. އަދި މީގެ އިތުރުން މި ފޮޓޯތަކުން ކަރީނާގެ އާއިލާގެ މެމްބަރުންނާނީ ފިރިމީހާ ސައިފްވެސް ފެނިގެންދެއެވެ. އަދި މި ފޮޓޯތަކުގެ ކެޕްޝަންގައި "ބާރތްޑޭ ގާލް ވީ ލިވް ޔޫ" ޖަހާފައިވެއެވެ.

- ކޮމެންޓް