ކަރަން ޖޯހަރު ބޭއްވި ޕާޓިއެއްގެ ތެރެއިން މަސްތުވާތި ބޭނުންކުރި ކަމަށްބުނެ އިންޑިއާގެ ޝިރޮމަނި އަކާލީ ދާލް ގެ ލީޑަރުު މަންޖިންދަރު ސިންގު ސިރްސާ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި ޕާޓީގައި ދީޕިކާ ޕަޑޫކޯން، ވިކީ ކޯޝަލް، ޝާހިދު ކަޕޫރު، މަލައިކާ އަރޯރާ، އަރްޖުން ކަޕޫރު އަދި ވަރުން ދަވަން ފަދަ ބޮލީވުޑްގެ އޭ ލިސްޓުގައި މަސައްކަތް ކުރާ ތަރީން ހިމެނެއެެވެ. މި ހުރިހާ ތަރީންގެ މައްޗަށްވެސް މަސްތުާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތު ކޮށްފައިވެއެވެ.
މަސްތުވާތަކެތީގެ މައްސަލަ ބޮޑަށް ފެންމަތިވެގެން އައިސްފައި މިވަނީ ސުޝާންތު ސިންގު ރާޖްޕުތުގެ މަރަށް ފަހުއެވެ. މި މައްސަލަ ރިޕޯޓްކޮށްފައި މިވަނީ ސުޝާންތު ގެ ލޯބިވެރިޔާ ރިއާ ޗަކްރަބޮރްތީ، ސާރާ އަލީ ހާން އަދި ރާކުލް ޕްރީތު ސިންގްއަށް މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތު ކޮށްފައިވަނިކޮށެވެ.
މި މައްސަލަ ރިޕޯޓްކުރުމަށްފަހު މަންޖިންދަރ ސިންގު ވަނީ އެންސީބީގެ ޗީފް ރާކޭޝް އަސްތަނާ އާއި ދެއްލީގައި ބައްދަލުކޮށްފައެވެ. މި ބައްދަލުކުރުމަށްފަހު އޭނާ އެންސީބީގެ ޗީފްއަށް ފޮނުވި ސިޓީވަނީ ޓްވިޓާގައި ޝެއާކޮށްފައެވެ. މި ސިޓީގައި "އަަހަރެން އެންސީބީގެ ޗީފް ރާކޭޝް އަސްތަނާއާއި ދިއްލީގެ ބީއެސްއެފް ހެޑްކުއާޓަރ ގައި ބައްދަލުކުރިން، އަދި ފިލްމު ޕްރޮޑިއުސަރ ކަރަން ޖޯހަރު އަދި ޕާޓީގައި ބައިވެރިވި ހުރިހާ ސްޓާރުންގެ މައްސަލަ ބަލައިދިނުމަށް އެދުނިން. އަދި އެ ޕާޓީގެ ވީޑިއޯވެސް ބަލައިދިނުމަށް އެދުނިން". މަހިންދުރަ ސިންގުވަނީ އޭނާގެ ޓުވިޓާގައި އެ ޕާޓީގެ ވީޑިއޯއެއް ވެސް ޝެއާކޮށްފައެވެ.
ކަރަން ޖޯހަރު މި ޕާޓީއާބެހޭ ގޮތުން ބުނެފައިވަނީ އޭނާ ވަރަށް ހައިރާންވިކަމަށެވެ. އަދި ދެންފަހަރަކުން މިކަހަލަ ތާކުންތާކު ނުޖެހޭ ތުހުމަތުތަކެއް ކުރާނަމަ އެމީހަކާ ދޭތެރޭ މަރަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ. އަދި މިކަހަލަ ކަމެއް ދެން ތަހައްމަލް ނުކުރެވޭނެކަމަށްވެސް ބުނެފައި ވެއެވެ.
އެންސިބީން ސުޝާންތު ސިންގު ރާޖްޕުތުގެ މަރާއި ގުޅިގެން މިހާތަނަށް 20 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.