ކ. މާލެ
|
16 ސެޕްޓެންބަރ 2020 | ބުދަ 05:45
ފޭސްބުކްގައި މިހާރު ހިނގަމުންދާ ޓްރެންޑް
ފޭސްބުކްގައި މިހާރު ހިނގަމުންދާ ޓްރެންޑް
ފޭސްބުކް
ފޭސްބުކްގެ އައު ޓްރެންޑް
މުޅި ނިއުސް ފީޑްގައި އެވެޓަރ
ފޭސްބުކްގައި ތައާރަފުވެގެން އުޅޭ އެވެޓަރ
ދިވެހިން ވަރަށް ގަޔާވާ ޓްރެންޑް އަކަށް ވެގެން ދިޔަ
ދިވެހިންނަކީވެސް ހިނގާ ޓްރެންޑް ތަކަށް ޝައުގު ވެރިކަން ފާޅު ކުރާ ބައެއް

ދުނިޔޭގައި ތަފާތު ކަންތައް ހިންގާއިރު ފެނިގެންދާނީ އެކަމެއް އެންމެންގެ ތެރޭގައި މަގުބޫލު ވެގެންދާ ތަނެވެ. މިއަށް ކިޔަނީ ޓްރެންޑް އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުންގެ ތެރޭގައި އާންމު ވެގެންދާ ކަންތައްތަކެއް ހުރެއެވެ. މިސާލަކަށް މުނިފޫހިފިލުވުމަށާއި މީހުންގެ ހުނަރު ދައްކާލަން ބޭނުން ކުރާ އެޕް "ޓިކްޓޮކް" ގައި ގިނަ ޓްރެންޑްތައް އާންމު ވެގެން ދެއެވެ.

މިގޮތުން ދިވެހިންނަކީ ވެސް ހިނގާ ޓްރެންޑް ތަކަށް ޝައުގުވެރިކަން ފާޅު ކުރާ ބައެކެވެ. އެދުވަސްވަރެއްގައި ހިނގާ އެންމެ ފަހުގެ ކަން ކަމަށް ލޯބި ކުރާ ބައެކެވެ. އެންމެންގެ ތެރޭގައި އާންމުވެގެންދިޔަ އަދިވެސް ގިނަ ބަޔަކު ކުޅެމުންދާ މޯބައިލް ގޭމް "ޕަބް-ޖީ" އަކީވެސް ދިވެހިންގެ ތެރޭގައި ޓްރެންޑެއް ގޮތަށް ފާހަގަ ކުރެވިގެން ދިޔައެވެ.

މީހަކު "ޕަބް-ޖީ" ކުޅެނީ

މީގެ އިތުރުން އަލަށް ތައާރަފް ކުރާ ފޯނެއް ނުވަތަ ލެޕްޓޮޕްއެއް ނެރުނަސް ނުވަތަ ޓެކްނޮލޮޖީގެ އެންމެ ފަހުގެ ވަސީލަތެއް ނެރުނުކަމުގައިވިޔަސް ، އެ ހޯދުމަށް އެންމެ ކުރީސަފުގައި ދިވެހިން ތިބެއެވެ. އެހެންނަމަވެސް މިއަދު މި ދައްކާލަން މިއުޅެނީ ތަފާތު ޓްރެންޑްއެއްގެ ވާހަކަ އެވެ.

ދައްކަން މިއުޅެނީ ފޭސްބުކްގައި މިއަދު ދިވެހީންނަށް ތައާރަފު ވެގެން އުޅޭ އެވެޓަރ އެއްގެ ވާހަކައެވެ. މި އެވެޓަރ އަކީ ފޭސްބުކްގައި އިންނަ އެމީހެއްގެ ސޫރަޔާ އެންމެ ވައްތަރު ގޮތަކަށް އެމީހަކު ބޭނުން ގޮތަކަށް އެމީހާގެ ސިފަ ކާޓޫނެއް ގޮތައް ކުރަހާލެވޭ ފީޗާއެކެވެ. މި ޓްރެންޑް ވެގެން މިދިޔައީ ދިވެހިންނަށް ވަރަށް މަޖާ އަދި ވަރަށް ގަޔާވާ ކަމަކަށެވެ. ވަކި އުމުރުފުރާ އަކަށް ނުބަލާ މި ހިނގާ ޓްރެންޑް އަކީ މިހާރު ދިވެހިން ތެރޭގައި މަގުބޫލު ޓްރެންޑް އަކަށް ވެގެން ގޮއްސިއެވެ.

ފޭސްބުކްގައި މިހާރު ހިނގަމުންދާ ޓްރެންޑް - ތަފާތު އެވެޓަރތައް

މިއަދު ފޭސްބުކް ހުޅުވާލާ ކޮންމެ ފަހަރަކު ފެނިގެންދަނީ ކޮންމެ މީހަކު ވެސް މި އެވެޓަރ ބޭނުންކޮށް އެމީހެއްގެ ސިފަޔާ އެއްވައްތަރައް ކުރަހާފައިވާ ކާޓޫން އެމީހެއްގެ ޕްރޮފައިލްއަށާއި ނިއުސް ފީޑްއަށް ޝެއަރ ކޮށްފައިވާ މަންޒަރެވެ. މިއީ ކޮންމެހެންވެސް ވަރަށް ތަފާތު ޓްރެންޑް އެކެވެ.

ފޭސްބުކްގައި މިހާރު ހިނގަމުންދާ ޓްރެންޑް - ތަފާތު އެވެޓަރތައް
- ކޮމެންޓް