ޝާހްރުކް ޚާން އާއި ދިޕިކާ ޕަޑުކޯން އަނެއްކާ ވެސް އެކުގައި ބޮޑު ސްކްރީނުން ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރައިމްސް އޮފް އިންޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުން މި ދެތަރިން ފެނިގެންދާނީ ތަމަޅަ ޑިރެކްޓަރ އަޓްލީގެ ސަންކީ ނަމަކަށް ކިޔާ ފިލްމަކުންނެވެ.
މި ދެތަރިން އެންމެ ފަހުން އެކީގައި ސްކްރީނުން ފެނިގެން ގޮސްފައިވަނީ ހެޕީ ނިއު އިޔަރ އިންނެވެ.
ރިޕޯޓުތައް ބުނާ ގޮތުން ސާންކީގެ ސްކްރިޕްޓް ކިޔުމަށްފަހު ދީޕިކާ އަށް މި ސްކްރިޕްޓް ވަރަށް ކަމު ދިޔަ ކަމަށް ވެއެވެ. މި ފިލްމު ވެގެންދާނީ މި ދެ ތަރިން އެކުގައި ކުޅޭ ހަތަރުވަނަ ފިލްމަށެވެ.
ހެޕީ ނިޔު އިޔަރ ފިޔަވާ މި ދެ ތަރިން އެކުގައި ކުރިން ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި އޯމް ޝާންތީ އޯމް، ޗެންނާއީ އެކްސްޕްރެސް ވެސް ހިމެނެއެވެ. މި ހުރިހާ ފިލްމުތަކަކީވެސް ބްލޮކްބަސްޓަރ ފިލްމުތަކެެވެ. އެހެންކަމުން ސަންކީ ވެސް ބްލޮކްބަސްޓަރ ފިލްމަކަށް ވެގެންދާނެ ކަމަށް ދެ ތަރިންގެ ފޭނުން ދަނީ އުންމީދު ކުރަމުންނެވެ.
ދިޕިކާ އެންމެ ފުރަތަމަ ފިލްމީ ދާއިރާ އަށް ތައާރަފު ވެފައިވަނީ ވެސް ޝާހްރުކް ހާން އާއިއެކު ކުޅުނު ފިލްމް އޯމް ޝާންތީ އޯމް އިންނެވެ. މި ފިލްމުގައި އޭނާގެ އެކްޓިންގ ގިނަ ބަޔަކު ބަލައިގަތެވެ.