ރާޖް ކުމާރު ހިރާނީގެ އަމިއްލަ ކަލެކްޝަނުން ސުޝާންތު ސިންގު ރާޖްޕުތް އަށް 21 ފޮތް ހަދިޔާ ކުރި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ރާޖް ކުމާރު ހިރާނީ އަށް ބޮލީވުޑްގެ ކްރިސްޓޮފަރ ނޯލަން އޭ ވެސް ކިޔާ އުޅެއެވެ. އަނޫރާގް ކެޝްޔަޕް ކަހަލަ ޑިރެކްޓަރުން ރާޖް ކުމާރު ހިރާނީއަށް ޖެހިލުންވާ ކަމަށް ވެސް ވެއެވެ.
މި ކުޅަދާނަ ޑިރެކްޓަރގެ ބްލޮކް ބަސްޓަރ ފިލްމު ޕީކޭގެ ކުޑަ މަންޒަރެއް ކުޅެން ސުޝާންތަށް ފުރުސަތު ދިނުމުން އެއްވެސް އަގަކާ ނުލައި އެ މަންޒަރު ކުޅެދިނުމަށް ސުޝާންތު ވަނީ އެއްބަސްވެފައެވެ. ސުޝާންތަށް އެ ރޯލް ކުޅެން ލިބުމުން އޭރު އޭނާ ވަރަށް އުފާވި ކަމަށް ވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.
ޕީކޭގައި ސުޝާންތު ކުޅެން ލިބުނު ރޯލަކީ 15 މިނެޓަށްވުރެން ވެސް ކުރު ރޯލެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ސުޝާންތް އަކީ ރާޖް ކުމާރު ހިރާނީގެ ވަރަށް ބޮޑު ފޭނެއް ކަމުން އެ 15 މިނެޓްގެ ރޯލް ކުޅެން ސުޝާންތު އެއްވެސް އަގާ ނުލާ އެއްބަސްވިއެވެ. މިކަމަށް އެއްބަސްވުމުން ރާޖް ކުމާރު އޭނަ އަށް ގުޑްލަކް އެއްގެ ގޮތުން 21 އިންޑިއަން ރުޕީސް ދިނެވެ.
ހިންދުސްތާނީ ޓައިމްސްގައި ބުނެފައިވާ ގޮތުން ފިލްމީ ދާއިރާއާ ގުޅުން ހުރި އެކި ބާވަތުގެ ބޭނުންތެރި 21 ފޮތް ސުޝާންތަށް ހަދިޔާ ކޮށްފައިވަނީ ޕީކޭ ފިލްމު ހިޓްއަކަށް ވުމުންނެވެ.
ރަންބީރް ކަޕޫރް، އިމްރާން ހާން އަދި ޝާހިދު ކަޕޫރްއާ މި ކުރު ރޯލް ކުޅުމުގެ މަޝްވަރާތައް ކުރެވިގެން ދިޔަ ކަމަށް ވެސް ވެއެވެ.
2014 ވަނަ އަހަރު ރިލީޒް ކުރި ފިލްމް ޕީކޭ އަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.