ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯއަކަށް މިވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ.
މި ވީޑިއޯ އަކީ 1887 ވަނަ އަހަރު ނިކުތް ދިވެހި ފިލްމް "އިތުބާރު" ގައި އަލް މަރްހޫމް ހާޖަރާގެ ޑައިލޮގް އަކަށް ތައްޔާރު ކޮށްފައިވާ ވީޑިއޯކެވެ. މި ޑައިލޮގް ބޭނުންކޮށްގެން ޒުވާން އަންހެން ކުދިންތަކެއްގެ ހުނަރުވެރި ނެށުމެއް ދައްކުވައިދީ ތައްޔާރުކޮށްފައިވާ 1 މިނެޓުގެ މި ވީޑިއޯ މިހާރު އަންނަނީ ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތަކުގައިވެސް ދައުރުވަމުންނެވެ. މިއާއެކު ޓިކްޓޮކްގައި ވެސް މި ޑައިލޮގް ވަނީ މަޝްހޫރުވެފައެވެ. އަދި ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފްގެ ސަމާލުކަންވެސް މި ވީޑިއޯ އަށް ވަނީ ލިބިގެން ގޮސްފައެވެ. މިނިސްޓަރ މަހްލޫފް ވަނީ މި ވީޑިއޯ ޓްވީޓް ކޮށް އެކުދިންގެ މަސައްކަތަށް ތައުރީފްކޮށް އުފެއްގުންތެރިކަން ކަމުދާކަމުގައި ވިދާޅުވެފައެވެ.
މަރްހޫމް ހާޖަރާގެ މޮޅު އެކްޓިން ފެނިގެންދާ މި ޑައިލޮގް މީގެކުރިންވެސް ސޯޝަލް މީޑިއާގައި އެކި ގޮތްކޮތަށް ދައުރުވެފައިވެއެވެ. އެހެން ނަމަވެސް އޮރިޖިނަލަށްފަހު މި ޑައިލޮގަށް ތައްޔާރުކޮށްފައިވާ އެންމެ ފުރިހަމަ ވީޑިއޯއަކީ މީ ކަމަށް ސޯޝަލް މީޑިއާކައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
"އޭބަލަ މިހިރަ ލަތީފާ" ގެ އައު ވާޝަންގައި ފެނިގެން ދަނީ ޒުވާން 3 އަންހެންކުދިންނެވެ. އޭގެ ތެރެއިން 2 ކުދިން ފެނިގެން ގޮސްފައިވަނީ ދިވެހި ދިގުހެދުމުގައެވެ.