ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމަށްފަހު ނިއު ނޯމަލްގައި ޓީވީ ޝޯތަކާއި ފިލްމްތަކުގެ ޝޫޓިންތައް ވަނީ ފަށާފައެވެ.
ރައްކައުތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅު ތަކާއި އެކު މަދުކުރޫއިން ގޮވައިގެން ޝޫޓިންތައް ކުރިއަށް ގެންދިޔަ ނަމަވެސް ސެޓްތަކުން ޕޮޒިޓިވް ކޭސްތައް ދަނީ ފެންނަމުންނެވެ.
ދާދި ފަހުން މިވަނީ ބޮލީވުޑްގެ މެގަ ސްޓާރ އަމީތާބް ބަޗަން ހޯސްކުރަމުންދާ ޝޯ "ކޯން ބަނޭގާ ކަރޯރްޕަތީ 12" ގެ ސެޓުގައި މަސައްކަތް ކުރާ ދެމެންބަރަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
މީގެ ކުރިން އަމީތާބް ވަނީ ކޮވިޑް-19 އިން ރަނގަޅު ވުމަށްފަހު ރައްކައުތެރިކަމުގެ ފިޔަވަޅު ތަކާއި އެކު "ކޭބިސީ 12" ގެ ޝޫޓިންތައް ފެށިކަން ހާމަކޮށް ސެޓްގެ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމުގައި ހިއްސާ ކޮށްފައެވެ.
ޖުލައި މަހުގެ ތެރޭގައި އަމީތާބް ވަނީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އިއުލާން ކޮށްފައެވެ. އަމީތާބްގެ އިތުރުން އޭނާގެ ފިރިހެން ދަފިފުޅު އަބީޝެކް ބަޗަން އާއި ދަނބި ދަރިފުޅު އައިޝްވަރިޔާ ރާއީ އަދި ކާފަ ދަރިފުޅު އަރާދްޔާ ބަޗަން ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.
ހޮސްޕިޓަލްގައި އެޑްމިޓް ކޮށް ކޮވިޑް-19 އަށް ފަރުވާ ދިނުމަށްފަހު ކޮވިޑުން ރަނގަޅު ވުމުން އަމީތާބް ގެއަށް ބަދަލު ކޮށްފައިވަނީ 23 ދުވަސް ފަހުންނެވެ.