ކ. މާލެ
|
31 އޯގަސްޓް 2020 | ހޯމަ 09:26
\"ސަޅަކް 2\" ގެ ޕޯސްޓަރެއްގައި ފިލްމުގެ  ބައެއް ތަރިން
"ސަޅަކް 2" ގެ ޕޯސްޓަރެއްގައި ފިލްމުގެ ބައެއް ތަރިން
ގޫގުލް
" ސަޅަކް 2" ބޮޑެތި ފާޑުކިޔުންތަކެއް
"ސަޅަކް 2" ރިލީޒްކުރުމާއެކު ބޮޑެތި ފާޑުކިޔުންތަކެއް
ޓްރެއިލާ ރިލީޒް ކުރުމާއެކުވެސް ފިލްމު ބޮއިކޮޓް ކުރަން ގޮވާލާފަވޭ
ފިލްމު ރިލީޒްކޮށްފައި ވަނީ ހޮޓްސްޓަރގައިި

މިދިޔަ ހަފްތާގެ ހުކުރު ދުވަހު މި ފިލްމު ރިލީޒް ކުރުމާއެކު ގިނަ ބަޔަކު ފިލްމަށް ބޮޑެތި ފާޑުކިޔުންތަކެއް ކިޔައިފިއެވެ.

"ސަޅަކް 2" އަކީ މިހާރު ބޮލީވުޑްގައި އެންމެ ބާރަށް ފިޔަ ޖަހަމުން އަންނަ އަންހެން ބަތަލާ، އާލިއާ ބަޓްގެ ފިލްމެކެވެ.

މި ފިލްމު ރިލީޒްކޮށްފައި ވަނީ ހޮޓްސްޓާގައެވެ. ޓްރެއިލާ އަށް 12 މިލިއަން ލައިކްސް ލިބިފައި ވީ ނަމަވެސް ޓްރެއިލާ ރިލީޒް ކުރީއްސުރެ މި ފިލްމު ބޮއިކޮޓް ކުރަން ވަނީ ގޮވާލާފައެވެ.

ފާޑުކިޔާ މީހުން ދެކޭ ގޮތުގައި މި ފިލްމު ފުރަތަމަ ފިލްމާއި އަޅާ ކިޔާލެވޭ ވަރުވެސް ނުވެއެވެ. މި ފިލްމުގެ ފުރަތަމަ ބަޔަކީ އާލިއާގެ ބައްޕަ މަހޭޝް ބަޓް ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. އަދި މި ފިލްމަށް ބޮޑު ކާމިޔާބީ އެއްވެސް ވަނީ ލިބިގެން ގޮސްފައެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ އަދިތްޔާ ރޯއީ ކަޕޫރު އާއި އާލިއާ ބަޓްގެ އިތުރުން ސަންޖޭ ދަތުއެވެ.

- ކޮމެންޓް