ކ. މާލެ
|
21 އޯގަސްޓް 2020 | ހުކުރު 16:26
އަމީތާބް ބަޗަން
އަމީތާބް ބަޗަން
އިންޑިއަން އެކްސްޕްރެސް
ބޮލީވުޑް
ކޭބީސީގެ ޝޫޓިންތައް ފެށުމަށް އަމީތާބް ތައްޔާރުވަނީ
ޝޫޓިންތައް ކުރިއަށް ގެންދާނީ ރައްކައުތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަތައް އަޅައިގެން
އަމީތާބް ވަނީ މިދިޔަ މަހު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި

ބޮލީވުޑްގެ މެގަ ސްޓާރ އަމީތާބް ބަޗަން "ކޯން ބަނޭގާ ކްރޯރުޕަތީ" ގެ ޝޫޓިންތައް އަލުން ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.

އަމީތާބް އެނބުރި މަސައްކަތަށް ތައްޔާރުވަމުން މިދަނީ މިދިޔަ މަހު ކޮވިޑް-19 ޖެހުމަށްފަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ހޯދުމަށްފަހު ކޮވިޑުން ރަނގަޅުވެފައި ވަނިކޮށެވެ.

ކޭބީސީގެ ޝޫޓިންތައް ފެށުމަށް ތައްޔާރުވަމުންދާކަން ހާމަކޮށް އަމީތާބް ބުނެފައިވަނީ ކޭބީސީގެ ޕްރޮމޯ ޝޫޓް އާއި ކޭބީގެ ޝޫޓިންތައް ފެށުމުގެ ތައްޔާރީތައް ވަމުންދާ ކަމަށާއި ޝޫޓިންތައް ކުރިއަށް ގެންދާނީ ރައްކައުތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ކަމަށެވެ.

ލޮކްޑައުންގެ ތެރޭގައި ވެސް އަމީތާބް ވަނީ ކޭބީސީގެ ޝޫޓިންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ޖުލައި މަހުގެ ތެރޭގައި އަމީތާބް ވަނީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އިއުލާން ކޮށްފައެވެ. އަމީތާބްގެ އިތުރުން އޭނާގެ ފިރިހެން ދަފިފުޅު އަބީޝެކް ބަޗަން އާއި ދަނބި ދަރިފުޅު އައިޝްވަރިޔާ ރާއީ އަދި ކާފަ ދަރިފުޅު އަރާދްޔާ ބަޗަން ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ހޮސްޕިޓަލްގައި އެޑްމިޓް ކޮށް ކޮވިޑް-19 އަށް ފަރުވާ ދިނުމަށްފަހު ކޮވިޑުން ރަނގަޅު ވުމުން އަމީތާބް ގެއަށް ބަދަލު ކޮށްފައިވަނީ 23 ދުވަސް ފަހުންނެވެ.

- ކޮމެންޓް