ތުރުކީގެ މަޝްހޫރު ޚަލާލް މޭކަޕް ބްރޭންޑް އިޒަބެލް ޑުޕޮންޓް ރަސްމީކޮށް ރާއްޖެއަށް ތައާރަފުކޮށް ބްރޭންޑް އެމްބަސަޑަރަކަށް ރާއްޖޭގެ އެންމެ މަޝްހޫރު ފިލްމީ ތަރި އައްޒަ އައްޔަންކޮށްފިއެވެ.
ދުނިޔޭގެ 80 އަށްވުރެ ގިނަ ޤައުމަށް ތައާރަފު ކޮށްފައިވާ މި ބްރޭންޑް ރާއްޖެއަށް ތައާރަފު ކުރުމަށް ބޭއްވި އިވެންޓްގައި މި ބްރޭންޑް ރާއްޖެއަށް ތައާރަފު ކޮށްދެއްވީ ކައިލާން ޓްރޭޑިންގގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސާތިރު އާއި އައްޒައެވެ.
އިޒަބެލް ޑުޕުންޓްގެ ފުލް ރޭންޖް ރަސްމީކޮށް ރާއްޖެއަށް ތައާރަފު ކޮށްފައި މިވަނީ، މި ބްރޭންޑް ރާއްޖެ އެތެރެކޮށް ދުވަސްތަކެއްގައި ބޭނުން ކުރުމަށްފަހު، އަދި ކަސްޓަމަރުންގެ ފީޑްބެކަށް ބެލުމަށްފަހު މި ބްރޭންޑް އުފައްދާ ތުރުކީގެ ކުންފުންޏާ މަޝްވަރާ ކުރެވި ދިވެހިންގެ ގައިގެ ހަމާ އަދި ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ އެކަށީގެންވާ ބަދަލުތައް ގެނައުމަށްފަހު ކަމަށް ކައިލާނުން ބުނެއެވެ.
މި ބްރޭންޑަކީ ޚަލާލް އުފެއްދުމެއްގެ އިތުރުން، ޕްރޮޑަކްޓްތައް އުފެއްދުމަށް ބޭނުންކޮށްފައިވާ މާއްދާ ތަކަކީ ހަށިގަނޑުގެ ހަމަށް ފައިދާހުރި މާއްދާތަކެވެ. ރަލާ، އެއްވެސް ކަހަލަ ކެމިކަލެއް، އަދި ޖަނަވާރުގެ އެއްވެސް މާއްދާއެއް ނުހިމެނޭ ގޮތަށް އުފައްދާފައިވާ މި ކޮލެޓީ ބްރޭންޑްގައި ހަށިގަނޑުގެ ހަމަށް ގިނަ ދުވަހުން ގެއްލުން ލިބޭނެ އަދި ކެންސަރަށް މަގުފައިވާފަދަ އެއްވެސް މާއްދާ އެއްވެސް އެކުލެވިގެނެއް ނުވެއެވެ.
މި ބްރޭންޑްގެ އައިލައިނަރ ސީރީސް ތެރޭގައި ހިމެނޭ ހުރިހާ އުފެއްދުންތަކަކީ ވެސް ވޯޓަރ ޕްރޫފް އުފެއްދުންތަކަށްވާއިރު ލިޕްޓިކްސް ސީރީސް ތެރޭގައި ހިމެނޭ މެޓް ސީރީސްތަކަކީ އަބަދުވެސް ދިވެހިން އެންމެ ބޭނުންވާ ރީތި ކުލަތަކުގެ ޕްރޮޑަކްޓުތަކެއްކަން ކައިލާން ފިހާރަ އިން ވަނީ ފާހަގަކޮށްފައެވެ.
އިޒަބެލް ޑުޕޮންޓް މޭކަޕް ބްރޭންޑަކީ މިވަގުތު ރާއްޖޭގެ މާރކެޓްގައި ހުރި އަގުގެ ގޮތުންނާއި ކޮލެޓީގެ ގޮތުން އެންމެ ރަނގަޅު ބްރޭންޑަކަށްވާއިރު މި ބްރޭންޑް ރާއްޖެ އެތެރެކޮށް މާރކެޓް ކުރާ ކައިލާން ޓްރޭޑްގެ މަޤްޞަދަކީ މި ބްރޭންޑްގެ އުފެއްދުންތައް ދިވެހިންނަށް ވީ އެންމެ ހެޔޮއަގުގައި ފޯރުކޮށްދިނުމެވެ.