ކ. މާލެ
|
29 ޖޫން 2020 | ހޯމަ 07:50
ބްރިޓިޝް ލަވަކިޔުންތެރިޔާ އެޑެލް
ބްރިޓިޝް ލަވަކިޔުންތެރިޔާ އެޑެލް
އިންސްޓަގްރާމް
ލަވަކިޔުންތެރިޔާ އެޑެލް
ބަރުދަން ލުއިކޮށްލުމަށްފަހު އެޑެލް އައު އަލްބަމެއް ނެރެނީ؟
ފޮޓޯގެ ކެޕްޝަންގައި ހަމައެކަނި ޖަހާފައިވަނީ ސްމައިލީ ފޭސް އިމޯޖީއެއް
އެޑެލް ވަނީ ގްރެމީ އެވޯޑް ހާސިލްކޮށްފައި

ބްރިޓިޝް ލަވަކިޔުންތެރިޔާ އެޑެލް އައު އަލްބަމެއް ނެރެން އުޅޭކަމުގެ ސުވާލުތަކެއް މިވަނީ އެނާގެ ފޭނުންގެ ހިތުގައި އުފައްދާފައެވެ.

އުމުރުން 32 އަހަރުގެ ލަވަކިޔުންތެރިޔާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯގައި ފެނިގެންދަނީ މައިކެއް ހިފަހައްޓައިގެން ލަވައެއް ކިޔަން ހުއްޓާ ނަގާފައިވާ ފޮޓޯއެކެވެ.

ނަމަވެސް މި ފޮޓޯގެ ކެޕްޝަންގައި ހަމައެކަނި ޖަހާފައިވަނީ ސްމައިލީ ފޭސް އިމޯޖީއެކެވެ. އެހެން ކަމުން އެޑެލްގެ ފޭނުންނަށް އޭނާ އައު ލަވަތަކެއް ނެރެން އުޅޭކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

އެޑެލްގެ މި ޕޯސްޓަށް ފޭނަކު ކޮށްފައިވާ ކޮމެންޓެއްގައި އެއީ ޓީޒާއެއްތޯ ވަނީ ސުވާލުކޮށްފައެވެ. އަދި އަލްބަމެއް ނެރެނީތޯ ވެސް ވަނީ ސުވާލު ކޮށްފައެވެ.

ނަމަވެސް އެޑެލް ވަނީ މި ސުވާލަށް ދިން ޖަވާބުން ފޭނުންގެ އަނގަ ބަންދުކޮށްފައެވެ. އެޑެލް އޭނާގެ ފެނުންގެ ގާތު ބުނެފައިވަނީ ކެތްތެރިވުމަށެވެ. އެއީ ލަވައިގެ ޓީޒާއެއް އަދި އައު އަލްބަމް ނެރެން އުޅޭ ވާހަކަ ނޫން ކަމަށެވެ.

އެޑެލް ބުނެފައިވަނީ ކޮރޯނާ ވައިރަސް އަދި ފިލައިގެން ނުދާ ކަމަށާއި އޭނާވެސް ހުރީ ކަރަންޓީންގައި ކަމަށެވެ. މާސްކް އަޅައިގެން ކެތްތެރިވެ ތިބުމަށް އެޑެލް ވަނީ ފޭނުންގެ ކިބައިން އެދިފައެވެ.

ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ލަވަކިޔުންތެރިޔާ އެޑެލްގެ އަލްބަމެއް އެންމެ ފަހުން ނެރެފައިވަނީ 2015 ވަނަ އަހަރުއެވެ.

"ހެލޯ" އަދި "ސެންޑް މައި ލަވް" ފަދަ މައްޝޫރު ލަވަތައް ހިމެނޭ "25" އަށް ފަސް ގްރެމީ އެވޯޑް ލިބިފައިވާއިރު އޭގެ ތެރޭގައި އަލްބަމް އޮފް ދަ އިޔަރ އެވޯޑު ވެސް ހިމެނެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ނުފެނި ހުރުމަށް ފަހު މިދިޔަ މެއި މަހުގެ ތެރޭގައި އެޑެލް އޭނާގެ އުފަން ދުވަހު ތަހުނިޔާކީ އެންމެނަށް ޝުކުރު އަދާކޮށް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ޕޯސްޓްގެ ފޮޓޯއިން ގިނަ ބަޔަކަށް ވަނީ ހައިރާން ކަމެއް ލިބިގެން ގޮސްފައެވެ.

އެ ފޮޓޯގައި އެޑެލްގެ ހަށިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެޑެލްގެ އެ ފޮޓޯގައި ފެނިގެން ގޮސްފައިވަނީ ވަރަށް ވެސް ލޫޅާފަތިކޮށެވެ.

- ކޮމެންޓް