ބްރެޑް ޕިޓްއާ ވަކިވުމަކީ ނިންމި އެންމެ ރަނގަޅު ނިންމުން ކަމަށާއި އެކަން ކުރީ ދަރިންނަށްޓަކައި ކަމަށް އެންޖެލީނާ ޖޮލީ ބުނެފިއެވެ.
ހޮލީވުޑްގެ މި ތަރިން ވަކިވެފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެ ދެ މީހުންގެ ކައިވެނި ރޫޅުނީ އެންމެ ދެ އަހަރު ވަންދެން އުޅުމަށް ފަހުގައެވެ. އެންޖެލީނާ ބުނެފައިވަނީ އޭނާ ބްރެޑް ޕިޓްއާ ވަކިވީ އާއިލާގެ ރަނގަޅަކަށް ކަމަށާއި އަދި އެއީ އެންމެ ރަނގަޅު ނިންމުން ކަމަށެވެ.
ބްރެޑް ޕިޓްއާ ވަކިވުމަށްފަހު އެކަމާ އެއްޗެއް ނުބުނުމުން އެކަމުގައި ފައިދާ ބައެއް ފަރާތަކުން ނެގިކަން ފާހަގަކޮށް އެންޖެލީނާ ބުނެފައިވަނީ ދަރިންނަށް އެކުދިންނާއި ބެހޭ ތެދު ނޫން މައުލޫމާތުތައް މީޑިއާގެ ޒަރިއްޔާއިން ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އެކުދިންނަށް އެކުދިންގެ ހަޤީޤަތް ރަނގަޅަށް އިނގޭކަން އަބަދު ވެސް ހަނދާން ކޮށްދޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ހޮލީވުޑްގެ އެންމެ މަގްބޫލު ޖޯޑުގެ ގޮތުގައި އުޅުނު ބްރެޑް ޕިޓް އާއި އެންޖެލީނާ ޖޮލީ ލޯބީގެ ގޮތުން ގުޅިގެން ވަނީ އެކުގައި 10 އަހަރު ދުވަސް ހޭދަކޮށްފައެވެ. އެ ދެމީހުންގެ ހަ ދަރިން ތިބޭއިރު އޭގެ ތެރެއިން ތިން ދަރިންނަކީ އެޑޮޕްޓްކޮށްފައިވާ ދަރިންނެވެ. އަދި އަނެއް ތިން ދަރިންނަކީ ޖޮލީ އާއި ޕިޓްގެ އަމިއްލަ ތިން ދަރިންނެވެ.