ކޮވިޑް 19 ގެ ސިމްޓަމްސް ދެނެގަންނަން ބޭނުންކުރާ އަތުރި 1000 ބޭންޑް ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރު މުމްބައި ޕޮލިހަށް ހަދިޔާކޮށްފި އެވެ.
ކޮވިޑް 19 އާއި ގުޅިގެން އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އަކްޝޭ އަކީ ސިމްޓަމް ދެނެގަތުމަށް ތައްޔާރުކޮށްފައިވާ މި އަތުކުރި ބޭންޑުގެ އެމްބެސެޑަރެވެ. މުމްބާއި ޕޮލިހަށް މި ބޭންޑުތަށް ލިބުމުން ކޮވިޑް 19 އާއި ދެކޮޅަށް އެ ޝްޓޭޝަނުން ކުރަމުންދާ މަސައްކަތަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ އެވެ.
މުޅި އިންޑިއާ ލޮކްޑައުން އަކަށް ގޮސްފައިވާއިރު، ވީހާވެސް ގިނަ ބޭފުޅުން ކޮވިޑް 19 އާއި ދެކޮޅަށް އެގަމުން ކުރަމުންދާ މަސައްކަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަކްޝޭ ވަނީ އެދިފަ އެވެ. ބޮލީވުޑްގެ ގިނަ ތަރިން ކޮވިޑް ފަންޑަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކޮށްލެ ވެއެވެ.
މީގެ ކުރިން އަކްޝޭ ވަނީ މުމްބައިގެ ޕޮލިސް ފައުންޑޭޝަނަށް 2 ކްރޯޑް ރުޕީސް ހަދިޔާކޮށްފަ އެވެ. މި ފައިސާ ހަދިޔާކޮށް ކޮވިޑް 19 އާއި ހަނގުރާމަކޮށް ނިޔާވި މުމްބައި ޕޮލިހުގެ ހެޑް 2 ކޮންސްޓޭބަލުންނަށް އަކްޝޭ ވަނީ ސެލިއުޓް ކޮށްފަ އެވެ.
އަކްޝޭ ފައިސާގެ އެހީވެފައިވާ އެހެން ތަންތަނުގެ ތެރޭގައި ބްރިހަމް މުމްބައި މުނިސިޕަލް ކޯޕަރޭޝަން ހިމެނެ އެވެ. އެތަނަށް އަކްޝޭ 3 ކްރޯޑް ރުޕީސް ހަދިޔާ ކޮށްފައި ވާ އިރު ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޕީއެމް-ކެއަރ ފަންޑަށް 25 ކްރޯޑް އިންޑިއަން ރުޕީސް ވެސް އަކްޝޭ ވަނީ ހަދިޔާކޮށްފަ އެވެ.