ކ. މާލެ
|
24 އޭޕްރިލް 2020 | ހުކުރު 15:04
ދިރާސާއިން ފާހަގަވި ކަންކަން އެޑްވައިސަރު ވިލިއަމް ބްރެއަން ހުށަހަޅުއްވައި ދެއްވަނީ
ދިރާސާއިން ފާހަގަވި ކަންކަން އެޑްވައިސަރު ވިލިއަމް ބްރެއަން ހުށަހަޅުއްވައި ދެއްވަނީ
ޑެއިލީ މެއިލް
ކޮވިޑް-19އާ ގުޅިގެން ހަދާ ދިރާސާ
ކޮވިޑް-19ގެ ވައިރަސް އިރުގެ ހޫނުން މަރުވޭ!
ލައިޓުގެ ރޭޑިއޭޝަނުން ވައިރަސްގެ ޖެނެޓިކް މެޓީރިއަލްއަށް ގެއްލުން ލިބޭ
ވައިރަސް ރެޕްލިކޭޓް ކުރުމުގެ ގާބިލްކަން އެއްކޮށް ނެތިގެންދޭ

ކޮވިޑް-19ގެ ވައިރަސް އިރުގެ ހޫނުން މަރުވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ބޭރުގެ މީޑިއަތަކުގައި ރިޕޯޓުގައި ކޮށްފައިވާ ގޮތުގައި އެމެރިކާގެ ހޯމް ލޭންޑް ސެކިއުރިޓީން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުން އިރުގެ ހޫނުން ނުކުންނަ އަލްޓްރާވައިލެޓް ލައިޓުގެ ރޭޑިއޭޝަނުން ވައިރަސްގެ ޖެނެޓިކް މެޓީރިއަލްއަށް ގެއްލުން ލިބޭ ކަމަށެވެ. އަދި ވައިރަސް ރެޕްލިކޭޓް ކުރުމުގެ ގާބިލްކަން އެއްކޮށް ނެތިގެންދާ ކަމަށެވެ.

މިދާރާސާގެ ނަތިޖާ ވައިޓް ހައުސްއަށް ހުށަހަޅަމުން ޑިޕާޓްމެންޓް އޮފް ހޯމް ލޭންޑް ސެކިއުރިޓީގެ ސައެންސް އެންޑް ނެކްލޮޖީގެ އެޑްވައިސަރު ވިލިއަމް ބްރެއަން ވިދާޅުވީ ހޫނުކަން ގަދަވުމަކީ މިވައިރަސް ފެތުރި ގަންނަން އުދަނގޫތަކެއް ކުރިމަތިވާނެ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ހޫނު މޫސުމުގައި ވައިރަސް ފެތުރުން ވަރަށް ބޮޑުތަކުން މަޑު ޖެހޭނެ ކަމަށް ވިލިއަމް ވިދާޅުވިއެވެ. އަދި މިދިރާސާއިން އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ އަލްޓްރާވައިލެޓް ސަބަބުން ތަންތަންގައި ހަރުލާފަ ހުންނަ ވައިރަސްއާ ވައިގެ ތެރެއަށް ނުކުމެގެންދާ ވައިރަސް ނެތިގެންދާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
25 އޭޕްރިލް 2020 | ހޮނިހިރު 04:49
ސަހުދާން
ވިލިއަމް އަކީ އެއްވެސް ސައިންޓި ފިކް ބެކް އެއް އޮތް މީހެ އް ނޫން. މި ފަދަ ހަބަރު ތަކުން މި ކުޑަ ކުޑަ ރާއްޖެ އަށް ނޭދެވޭ އަސަރު ކުރާނެ. ޑެއިލީ މެއިލް ކޮޕީ ކުރައްޏާވެސް ހުރިހާ އެއްޗެއް ކުރީމަ އޯކޭ ވާނެ. ޢެއްބައި ކުރީމަ ކަޑައޭ ބުރޯ.