ދިއްގަރު ފިނޮޅުގައި ޖައްސާފައި އޮތް ހެލިކަޕްޓަރު ރާއްޖެއައި ފްރެންޗް ނޭވީގައި ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުއްޖެއެވެ.
އެންއީސޯސީގެ ފަރާތުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މި ދެ ބޯޓު ރާއްޖެއައި ފްރެންޗް ނޭވީގައި ކަމަށާއި އެ ދެ ބޯޓު ރާއްޖެއައި ޑިޕްލޮމެޓިކް ރިލޭޝަންސްއަށް 50 އަހަރު ފުރޭތީ ކަމަށެވެ.
އެ ބޯޓުތައް ވަރަށް ކުރިން ރާއްޖެ އަންނަން ހަމަޖެހިފައި އޮތް ކަމަށާއި ދަތުރުކުރަން ވެސް ފަށާފައިވަނީ މީގެ 30 ދުވަސް ކުރިން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މީގެ 30 ދުވަސް ކުރިން ދަތުރުކުރަން ފަށާފައިވަނީ ޖިބޫޓީންކަން ވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.
ކަންތައްތައް ކުރިން ރޭވިފައި އޮތް ގޮތުން ރާއްޖޭގައި އެމީހުން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގާ، ރާއްޖޭގެ ރަަށަކަށް ފައިބަން ނިންމާފައިވީ ނަމަވެސް މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތުން އެ ބޯޓު ރާއްޖޭގައި ބަނދަރުކޮށްފައި ތެޔޮ އަޅައިގެން، ކާބޯތަކެތި އެރުވުމަށްފަހު ފުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް އިތުރަށް ވިދާޅުވީ ހެލިކަޕްޓަރު އެއްޗިހި ހިފައިގެން ނޭވީތަކުން ދަތުރުކުރާނަމަ އެ އުޅަނދަކަށް، ހެލިކަޕްޓަރު ދުއްވުމުގެ ހުއްދަ ދެވޭނެ ކަމަށެވެ. އަދި މި ހުއްދައިގެ ދަށުން އެ ހެލިކަޕްޓަރުތައް ދުއްވަނިކޮށް ޓެކްނިކަލް މައްސަލެއް ދިމާވެގެން އޭތި، ދިއްގަރު ފިނޮޅުގައި ޖެއްސި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އަދި އެއަށް އެހީވާން ދެވަނަ ހެލިކަޕްޓަރެއް ޖެއްސި ކަމަށާއި އެ ނޭވީ، ހެލިކަޕްޓަރުތައް ވެސް ފުރައިގެންދާނެ ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި އެ ބޯޓުން އެއްވެސް މީހަކު ނުފައިބާނެ ކަމަށް ވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.