Advertisement
ކ. މާލެ
|
11 އޯގަސްޓް 2019 | އާދީއްތަ 20:54
ހާލުގައި ޖެހުނު ދަތުރުވެރިންނަށް އެހީވަނީ
ހާލުގައި ޖެހުނު ދަތުރުވެރިންނަށް އެހީވަނީ
ޕޮލިސް
ދަތުރުކުރުން
ދަތުރު ދިޔަ ބަޔަކު ހާލުގައި ޖެހުމުން، ފުލުހުން ސަލާމަތްކޮށްދީފި
ހާލުގައި ޖެހުނީ ދަތުރުދިޔަ ލޯންޗެއްގައި ތިބި 20 މީހުން

ދަތުރު ދިޔަ ބަޔަކު ކޮއްދިއްޕަރު ރިސޯޓު ކައިރިން ހާލުގައި ޖެހުމުން، ފުލުހުން ސަލާމަތްކޮށްދީފިއެވެ.

Advertisement

ފުލުހުން ކުރި ޓުވީޓެއްގައި ބުނީ، ލޯންޗެއްގައި ދަތުރުދިޔަ ބަޔަކު ކޮއްދިއްޕަރު ކައިރިން ހާލުގައި ޖެހިގެން އުޅޭ ކަމަށް މައުލޫމާތު ލިބުމާއެކު، މެރިން ޕޮލިސް އެ ލޯންޗު ކައިރިޔަށް ގޮސް 20 މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ ލޯންޗުން ތިން ފިރިހެނުންނާއި، ހަތް އަންހެނުން އަދި 10 ކުޑަ ކުދިން ދަތުރުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ހަތަރު ކުދިންނަކީ ތިން އަހަރުން ދަށުގެ ކުދިން ކަމަށެވެ.

މީގެއިތުރުން ފުލުހުން ބުނީ، ސަލާމަތްކުރި ހުރިހާ ދަތުރުވެރިންގެ ހާލު މިހާރު ރަނގަޅު ކަމަށާއި، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

މޫސުން ރަނގަޅު ނުވުމާއެކު، ކަނޑު ދަތުރުކުރުން ރައްކާތެރި ނޫން ކަމަށް ފުލުހުން ވަނީ އާދީއްތަ ދުވަހުގެ ރޭ ބުނެފައެވެ. އަދި ރައްކާތެރި ފިޔަވަޅު އެޅުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް