Advertisement
ކ. މާލެ
|
11 އޯގަސްޓް 2019 | އާދީއްތަ 12:38
ނޫރު ދޯނި
ނޫރު ދޯނި
އެމްއެންޑީއެފް
އެމްއެންޑީއެފް
ގެއްލިގެން އުޅުނު "ނޫރު" ނަމަކަށްކިޔާ ސަޕްލައި ދޯނި ފެނިއްޖެ
ދޯނި ފެނުނީ ރިސޯރޓްގެ ލޯންޗަކަށް އާދިއްތަ ދުވަހު ހެދުނު 10:36 ހާ އިރު
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައި ވަނީ އާދިއްތަ ދުވަހު ހެނދުނު 07:10

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައި ކޮޅިގަނޑެއްގައި، ގއ.އަތޮޅުގައި ހިންގާ ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓު ފަޅުތެރޭ އަޅާފައި އޮއްވާ ގެއްލުނު "ނޫރު" ނަމަކަށް ކިޔާ ސަޕްލައި ދޯނި ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި ގެއްލިގެން ހޯދަމުން ދިޔަ 75 ފޫޓުގެ ސަޕްލައި ދޯނި އެ ރިސޯރޓްގެ ލޯންޗަކަށް އާދިއްތަ ދުވަހު ހެދުނު 10:36 ހާ އިރު އެ އަތޮޅު ހިރުފުށި ކައިރިން ފެނިފައިވާކަމަށެވެ.

Advertisement

މި ހާދިސާގެ މައުލޫމާތު އާދިއްތަ ދުވަހު ހެނދުނު 07:10 އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ އެ ދޯނި ހޯދުމުގެ މަސައްކަތްފަށާފައެވެ.

އެމްއެންޑީއެފުން ބުނީ މިދޯނި ގެއްލުނު އިރު އެއްވެސް މީހަކު ދޯނީގައި ހުރިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވާ ކަމަށެވެ. އަދި އެ ރިސޯޓުން މައުލޫމާތު ދިންގޮތުގައި ރޭ މެންދަމު 02:00 ހާއިރު ވެސް އެ ދޯނި ފައްތިޔަލުގައި އޮތްކަމަށާއި ދޯނި ގެއްލިފައިވާކަން ފާހަގަކުރެވުނީ ރޭ ފަތިހު 05:30 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް