Advertisement
ކ. މާލެ
|
11 އޯގަސްޓް 2019 | އާދީއްތަ 10:36
ނޫރު ދޯނި
ނޫރު ދޯނި
އެމްއެންޑީއެފް
އެމްއެންޑީއެފް
ނޫރު ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ގެއްލިގެން ހޯދަނީ
މިއީ 75 ފޫޓްހުރި ސަޕްލައި ދޯންޏެއް
ދޯނި ގެއްލުނު އިރު އެއްވެސް މީހަކު ދޯނީގައި ހުރިކަމުގެ މައުލޫމާތެއް ނުލިބޭ

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައި ކޮޅިގަނޑެއްގައި، ގއ.އަތޮޅުގައި ހިންގާ ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓު ފަޅުތެރޭ އަޅާފައި އޮތް "ނޫރު" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ގެއްލިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު އާދިއްތަ ދުވަހު ހެނދުނު 07:10 އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ދަނީ އެ ދޯނި ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

މިހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ދިގުމިނުގައި 75 ފޫޓު ހުރި ސަޕްލައި ދޯންޏެކެވެ. މި ދޯނީގެ ބޭރުގައި ހުދުކުލަ ލާފައިވާއިރު ވަށައިގެން ނޫކުލައިގެ ފަށެއް ދަމާފައި ހުންނާނެކަމަށް ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުން އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ދީފައިވެއެވެ.

Advertisement

އެމްއެންޑީއެފުން ބުނީ މިދޯނި ގެއްލުނު އިރު އެއްވެސް މީހަކު ދޯނީގައި ހުރިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވާ ކަމަށެވެ. އަދި އެ ރިސޯޓުން މައުލޫމާތު ދިންގޮތުގައި ރޭ މެންދަމު 02:00 ހާއިރު ވެސް އެ ދޯނި ފައްތިޔަލުގައި އޮތްކަމަށާއި ދޯނި ގެއްލިފައިވާކަން ފާހަގަކުރެވުނީ ރޭ ފަތިހު 05:30 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ "ނޫރު" ދޯނީގެ ޚަބަރެއް ވޭތޯ، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބަލައިދިނުމަށްށާއި، މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް