Advertisement
ކ. މާލެ
|
9 އޯގަސްޓް 2019 | ހުކުރު 17:51
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް އަހުމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް އަހުމަދު ނަސީމް
ރައްޔިތުންގެ މަޖިލިސް
މީކައިލް ނަސީމް
ބިޝާމް ޕީޖީގެ މަގާމުން ވަކި ކުރަންޖެހޭ، މަޤާމަށް ކުފޫހަމައެއް ނުވޭ: މީކައިލް
ވަކި ގޮތަކަށް ކަންތައް ކުރެއްވި ބޭފުޅެއް ކަމަށް ވިދާޅުވި
ރަނގަޅު ބޭފުޅަކަށް ހެދެން އުޅުނެއް ކަމަކު ގަބޫލު ނުކުރަން: މީކާއިލް

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމްއަކީ ޕީޖީގެ މަގާމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށާއި އޭނާ އެ މަގާމުން ވަކިކުރައްވަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކައިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ބިޝާމް މަގާމުން ވަކިކުރައްވަން ޖެހޭ ކަމަށް ވިދާޅުވެ، ބުދަ ދުވަހު މީކައިލް ވަނީ ޓްވީޓެއްވެސް ކުރައްވާފަ އެވެ.

Advertisement

ރާއްޖެ.އެމްވީ އަށް މިކާއިލް ވިދާޅުވީ، އޭނާގެ އެ ހިޔާލަކީ އަމިއްލަ ހައިސިއްޔަތަކުން ފާޅުކުރެއްވި ހިޔާލެއް ކަމަށެވެ. އެކަމާއި ބެހޭ ގޮތުން އެމްޑީޕީ ޕާލިމެންްޓަރީ ގްރޫޕުން އެއްޗެއް އަދި ނުބެނެ އެވެ.

ބިޝާމް އަކީ އިތުބާރު ގެއްލިފައި ހުރި ބޭފުޅެއްކަން ފާހަގަކުރައްވަމުން މީކައިލް ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ސިޔާސީ ބައެއް ފަރާތްތަކަށް ރައީސް އޮފީހުން އެންގި ގޮތަކަށް އޭނާ ދައުވާތައް އުުފުލި ކަމަށެވެ.

އެހެންވީމަ ކޮންމެހެން ވެރިކަން ބަދަލުވުމާއި ގުޅިގެން އެކަމަނާ އަދި މިހާރު ރަނގަޅު ބޭފުޅަކަށް ހެދެން އުޅުނެއް ކަމަކު އަޅުގަނޑެއް ގަބޫލެއް ނުކުރަން އެކަމަނާއަކީ އެ މަގާމަށް ކުފޫ ހަމަވާ ބޭފުޅެއް ކަމަކަށް.
މިކާއިލް ނަސީމް ~ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ~

ބިޝާމް އަކީ މަގާމަށް ކުފޫހަމަވާ ބޭފުޅެއް ނޫން ކަމަށް މީކައިލް ވިދާޅުވެފައިވާއިރު، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ބިޝާމް ހާޒިރުކުރި ކުރުމުގައި ކުރީ ސަރުކާރުން ނޫފުޒަކުން އެއްވެސް ކަމެއް ނިންމާފައިވާނެތޯ މެެމްބަރުން ސުވާލު ކުރެއްވި އވެެ. ރައީސް އޮފީހުގެ ތެރެއިން ނުފޫޒު ފޯރުވައިގެން ނުވަތަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ވަކި ގޮތަކަށް އެއްވެސް ކަމެއް ކުރައްވާފައިނުވާ ކަމަށް އެ ކޮމިޓީގައި އޭނާ ވިދާޅުވި އެވެ.

ޕީޖީގެ މަގާމުން ބިޝާމް ވަކިކުރަން ޖެހޭ ކަމަށް އާއްމުންގެ ބައެއް ފަރާތްތަކުން ދަނީ ޝޯޝަލް މީޑިއާގައި ގޮވާލަމުންނެވެ. ރާއްޖޭގެ ފުރަތަމަ އަންހެން ޕީޖީގެ މަގާމަށް ބިޝާމް އައްޔަން ކުރައްވާފައިވަނީ 2015 ވަނަ އަހަރު އެވެ. އެ މަގާމާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީގެ މަޤާމާއި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަގާމު އަދާކުރައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
9 އޯގަސްޓް 2019 | ހުކުރު 19:01
ފއބ
ކަލޭތީ އެންމެ ޤާބިލް މީހާ. ބޮޑު މޮޔަ. ފރހނކޅ
9 އޯގަސްޓް 2019 | ހުކުރު 18:25
އިރުސާދު
މީކާއިލް އެވެ. މީކާއީލް އަކީވެސް ރައްޔިތުން މަޖިލިސް އަށް ކުފޫ ހަމަވާ ބޭފުޅެއް ނޫނެވެ. ތިމާ ބޭނުންވާ މީހަކު މަގާމުން ވަކިކޮއްފައި ތިމާ ރުހޭ މީހާ މަގާމުގައި ބެހެއްޓުމަށް މީގެ ކުރިންވެސް މީކާއީލް މަޖިލިސްގެ ކޮމެޓީގައަި ވޯޓް ދިންކަން ރައްޔިތު މީހާ އަށް އެގެއެވެ. މީކާއީލް އެވެ. ބާރު އޮތް ދުވަހު ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކޮއްފިނަމަ ރައްޔިތު މީހާ ކައިރި މުސްތަގުބަލެއްގައި ދައްކާނީ 2 ރީދޫ ކާޑާއެކު ރަތްކާޑެކެވެ. މިއަދު މަޖިލިސް ގައ މަމޮޅޭ ވެގެން އުޅުންވާނެ ކަމެއްނެތެވެ. ތިޔަ ކަހަލަ އެތަކެއް ތަރި ވިދުން ފަޑުވެފައިވެއެވެ . މީކާއީލް އެވެ. ދުވަހަކުވެސް ތިޔަ ކަހަލަ މީހަކަށް ތާއީދެއް ނުކުރާނަމެވެ. އެއީ ތި މީހުންގެ ހަސީލަތް ނުބައިވީމައެވެ.