ކ. މާލެ
|
7 އޯގަސްޓް 2019 | ބުދަ 18:48
އިސްކަންދަރު ސްކޫލް ޑިޖިޓަލައިޒް ކުރުމުގެ ރަސްމިއްޔާތު
އިސްކަންދަރު ސްކޫލް ޑިޖިޓަލައިޒް ކުރުމުގެ ރަސްމިއްޔާތު
ރާއްޖެއެމްވީ
އިސްކަންދަރު ސުކޫލް
އިސްކަންދަރު ސްކޫލް ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ ސާމާނު ޕާކިސްތާނުން ހަދިޔާކޮށްފި
ޕާކިސްތާން ސަރުކާރުން އިސްކަންދަރު ސްކޫލަށް ހަދިޔާކުރި ތަކެތީގެ އަގު 1.5 މިލިއަން ރުފިޔާއަށް އަރާނެ

އިސްކަންދަރު ސްކޫލް ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ ބައެއް ސާމާނު ޕާކިސްތާން އެމްބަސީން ހަދިޔާކޮށްފި އެވެ.

އިސްކަންދަރު ސްކޫލްގައި ބޭއްވި ބުދަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ތަކެތި ހަދިޔާ ކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް ވަސީމް އަކްރަމް އެވެ. އިސްކަންދަރު ސްކޫލުގެ ފަރާތުން ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދު އެވެ.

ޕާކިސްތާނު ސަރުކާރުގެ އެހީގައި ސްކޫލަށް ހަދިޔާކުރި ތަކެތީގެ ތެރެއިން މިއަދު ސްކޫލުގައި އިފްތިތާހު ކޮށްފައިވަނީ ސްކޫލް ހޯލުގައި ބަހައްޓާފައިވާ ލެބް ވޯލް އެވެ. މި ބޯޑަކީ މިހާތަނަށް ރާޢްޖޭގައި ބެހެއްޓުނު އެންމެ ބޮޑު ލެބް ވޯލްއެވެ. މި ލެބް ވޯލް ހަދާފައިވަނީ 55 އިންޗީގެ 16 ޓީވީ ބޭނުން ކޮށްގެންނެވެ. މީގެ އިތުރަށް އެ ސްކޫލަށް މިވަގުތު ބޭނުންވާ 55 އިންޗީގެ 8 ޓީވީ ވެސް ވަނީ ހަދިޔާ ކޮށްފައެވެ.

މީގެ ކުރިންވެސް ޕާކިސްތާނު ސަރުކާރުން ވަނީ އިސްކަންދަރު ސްކޫލަށް ބައެއް ސާމާނު ހަދިޔާކޮށްފަ އެވެ. އޭގެތެރޭގައި ސްކޫލްގައި ބާއްވާ ހާއްސަ ރަސްމިއްޔާތުތަކުގައި ބޭނުން ކުރުމަށް 150 އެކްސްކްލޫސިވް ގޮނޑިއާއި ފުލް ސައުންޑް ސިސްޓަމެއް ހިމެނެ އެވެ.

ޕާކިސްތާން ސަރުކާރުން އިސްކަންދަރު ސްކޫލަށް ހަދިޔާކުރި ތަކެތީގެ އަގު 1.5 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ. މިރަސްމިއްޔާތުގައި ޕާކިސްތާނު ސަރުކާރުން ދީފައިވާ އެހީގެ އަގުވަޒަންކޮށް އިސްކަންދަރު ސްކޫލުން ވަނީ ސަފީރަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ.

- ކޮމެންޓް
8 އޯގަސްޓް 2019 | ބުރާސްފަތި 07:20
އަހުމަދުކަލޯ
ތެންކިއު ޕާރކިސްތާން ޔެ ދޯސްތީ ހަމް ކަބީ ނެހީ ތޯޅެންގޭ