Advertisement
ކ. މާލެ
|
7 އޯގަސްޓް 2019 | ބުދަ 17:09
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
ރައްޔިތުންގެ މަޖިލިސް
މުހައްމަދު ވިސާމް
އާސަންދަ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަން ތަހުގީގު ކުރަންޖެހޭ: ވިސާމް
ކޮރަޕްޝަންގެ އަމަލުތައް ގިނަ
އެގްރީމެންޓްތައް ބާތިލް ކުރަން ޖެހޭ
އަވަސް ފިޔަވަޅެއް އެޅެން ޖެހޭ

ކުރީ ސަރުކާރުގައި އާސަންދައިން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް އެކަން ކުރި ފަަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވިސާމް ގޮވާލައްވައިފި އެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހެލްތް މިނިސްޓްރީގެ ދަށުން ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ހުށައެޅުއްވި އިސްލާހަށް ތާއީދު ކުރައްވަމުން ވިސާމް ވިދާޅުވީ، އެންސްޕާ ބަދަލުކުރަން މިހާރު މާ ލަސްވެއްޖެ ކަމަށެވެ. ވިސާމް ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި އެންސްޕާ އިން އާސަންދަގެ ހިދުމަތް ދިނުމުގެ ނަމުގައި އިންތިހާ ދަރަޖައަށް ކޮރަޕްޝަން ހިންގާފައިވާ ކަމަށެވެ.

ނުއަގުގައި އާސަންދައިން ކުންފުނިތަކަށް ބޭސް ވިއްކާފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ، އާސަންދަ އިން އެގްރީމެންޓް ހަދައިގެން ބޭސް ވިއްކާފައިވަނީ އޭރުގެ ސަރުކާރުގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ކަމަށެވެ.

Advertisement

ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން)ގެ ސަދަގާތު ފައުންޑޭޝަނުން އާސަންދަ މެދުވެރިކޮށް އެކި ހަރަކާތްތަކަށް ހަރަދު ކޮށްފައިވާކަން ވަނީ ހާމަވެފަ އެވެ.

އެފަދަ ކަންތައްތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އާސަންދަ މެދުވެރިކޮށް ހިންގާފައިވާ ކޮރަޕްޝަންތައް ބަލަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ވޭތުވެދިޔަ ތަނުގައި އާސަންދަ މެދުވެރިކޮށް ނާޖާއިޒު ފައިދާ އަދި ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ގޮތަށް ކަންކަން ކޮށްފައި ތިބި ބޭފުޅުން ނުވަތަ އެ ކުންފުނިތަކުގެ މައްސަލަތައް ތަހުގީގު ކޮށް އެކަންތައްތައް ބެލުމަށް.
މުހައްމަދު ވިސާމް ~ ގަމު ދާއިރާގެ މެމްބަރު ~

ވޭތުވެދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ގެ ނިޔަލަށް އާސަންދައިން 1.4 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ، މިހާރު ހެދިފައި ހުރި އެގްރީމެންޓްތައް ބާތިލްކޮށް ހެޔޮ އަގުގައި ބޭސް އެތެރެކޮށް ރަނގަޅު ކުންފުނިތަކާއި އެކު އެގްރީމެންޓް ހަދާ ރައްޔިތުންނަށް އެންމެ ރަނގަޅަށް ހިދުމަތް ދެވޭ ގޮތަށް އެކަންކަން ބައްޓަން ކުރަން ޖެހޭ ކަމަށް ވިސާމް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
8 އޯގަސްޓް 2019 | ބުރާސްފަތި 13:22
ވހވހ
ތީއެއްވެސް ކަމެއް ވާނެތަ؟ ދާގަންނަން އަންނަ ކުއްތާ ވައްވައް ނުޖައްސާނެ. ވައްވައް ޖައްސާނީ ރުއްސާގެން ޭނަގެ އަތުން އެތިކޮޅެއް ހޯދުމުގެ ބޭނުމުގައި