Advertisement
ކ. މާލެ
|
7 އޯގަސްޓް 2019 | ބުދަ 16:07
ޕްރައިވެޓައިޒޭޝަން ބޯޑު ހިންގަނީ ފިނޭންސް މިނިސްޓްރީގެ ދަށުން
ޕްރައިވެޓައިޒޭޝަން ބޯޑު ހިންގަނީ ފިނޭންސް މިނިސްޓްރީގެ ދަށުން
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލީށް
ޕްރައިވެޓައިޒޭޝަން ބޯޑު އަލުން އެކުލަވާލުމަށް މަޖިލީހުން ރުހުން ދީފީ
ބޯޑުގެ މެމްބަރުން އައްޔަން ކޮށްފައިވަނީ މަޖިލީހުގެ ރުހުން ނުހޯދާ
ބޯޑުގައި 7 މެމްބަރުން ތިއްބަވާ
މަސްއޫލިއްޔަތު އަދާކޮށްފައި ނުވޭ

ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގައި މިހާރު ތިއްބެވި މެމްބަރުން ވަކިކޮށް އައު މެމްބަރުންތަކެއް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

ވަކި ގާނޫނެއްގެ ދަށުން ޕްރައިވެޓައިޒޭޝަން ބޯޑު އުފައްދާފައި ވަނީ 2013 ވަނަ އަހަރު އެވެ. ދެ ފަހަރެއްގެ މަތިން އެ ބޯޑަށްމެމްބަރުންއައްޔަން ކުރިިއިރު މަޖިލީހުގެ ރުހުން ހޯދާފައީ ނުވާތީ ސްޓޭޓް އޯންޑް އެންޓަރ ޕްރައިޒަސް ކޮމިޓީ (އެސްއޯއީ) އިން ވަނީ އެބޯޑު އަލުން އެކުލަވާލުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓުގައި ފާހަގަކޮށްފަ އެވެ. އަދި އެ މެމްބަރުންގެ ޒިންމާ އެކަށީގެންވާ ގޮތަށް އަދާކޮށްފައިނުވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

Advertisement

ބޯޑު އަލުން އެކުލަވާލުމަށް ފާސްކޮށްފައިވަނީ ހާޒިރުވެވަޑައިގެން ތިއްބެވި 73 މެމްބަރުންގެ ތެރެއިން 68 މެމްބަރުންގެ ވޯޓުންނެވެ. އެ އިސްލާހު ފާސްކުރުމާއި އެކު އެ ބޯޑަށް މެމްބަރުން އެކުލަވައިލުމަށް ރައީސްގެ ލަފާޔަށް އެދި ފޮނުވުމަށް ވަނީ ހަމަޖެހިފަ އެެވެ. އޭގެ ފަހުން ރައީސް ފޮނުވާ ނަންތަކަށް މަޖިލީހުން ގޮތެއް ނިންމަވާނެ އެވެ.

ދައުލަތުގެ ވިޔަފާރީ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުން އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި 7 މެމްބަރުން ހިމެނޭއިރު، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމުގެ ކަންކަން ރާވާ ހިންގުމުގެ އިތުރުން، ޕްރައިވެޓައިޒް ކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ރައީސްގެ ހުއްދަ އެ ސިޔާސަތުތަކަށް ހޯދުމަކީ އެ ބޯޑުގެ ޒިންމާއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
7 އޯގަސްޓް 2019 | ބުދަ 22:51
ބޯބުޅި
މިހާރުއެތާތިބި ޓުއިޓުން އޮ ފީސް ހިންގާ މީހުން އަވަހަށް ބޭރުކުރޭ ކަރެޕުސަނަށް މަގު ފަހިވާގޮތަށް މުސާރަނުދީ .؟؟؟