Advertisement
ކ. މާލެ
|
7 އޯގަސްޓް 2019 | ބުދަ 14:45
އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
އެމްއެންޑީއެފް
ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް އެމްއެންޑީއެފްގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަނީ
ރައްޔިތުންނަށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް އިސްކަންދޭނެ
ވީހާވެސް ގިނަ ރަށްރަށުން އަލިފާން ނިއްވުމުގެ ޚިދުމަތް ތައާރަފްކުރާނެ
އޭރިއާ ކޮމާންޑް ސްޓްރަކްޗަރ ތެރެއަށް އިތުރު ރަށްރަށް އިތުރުކުރާނެ

ރައްޔިތުންނާއި ވީހާވެސްގާތުން ޚިދުމަތް ދިނުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޚިދުމަތްތަކުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

Advertisement

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، މިިނިސްޓްރީން ތައާރަފްކޮށްފައިވާ ޑޮކްޓަރިންތަކުގެ ދަށުން ވީހާވެސް ގާތުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ކުރިއަށްއޮތް ތަނުގައިވެސް މިނިސްޓްރީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެންމެ މުހިއްމު ކަމެއްގެގޮތުން ކުރައްވަން ނިންމަވާފައިވާ ކަމަކީ ރައްޔިތުންނަށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުންކަން ފާހަގަކުރައްވައި މަންސޫރު ވިދާޅުވީ، މިސާލެއްގެ ގޮތުން އަލިފާން ނިއްވުމުގެ ޚިދުމަތަކީ މިނިސްޓްރީން ފޯރުކޮށްދޭ މުހިއްމު ޚިދުމަތެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވީހާވެސް ގިނަ ރަށްރަށުން މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.

އޭގެ ތެރޭގައި ޚާއްސަ ގޮތެއްގައި އަޅުގަނޑުމެން ފޯކަސް ކުރަމުން މި ގެންދަނީ ކައިރިން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، އޭގެ ތެރޭގައި އަޅުގަނޑު ހަމަ ޚާއްސަ ގޮތެއްގައި ފާހަގަކޮށްލަން ބޭނުންވަނީ އަލިފާން ނިއްވުމުގެ ޚިދުމަތް ރައްޔިތުންނަށް ގާތުން ފޯރުކޮށްދިނުމަށްޓަކައި، އެނގިވަޑައިގަންނަވާނެ ތިބޭފުޅުންނަށް ރާއްޖެއަކީ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ޤައުމެއް، އަދި ތަފާތު ހިސާބުތަކުގައި މީހުން ދިރިއުޅޭ ރަށްތައް ހުރި ޤައުމެއް،
ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު
އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އޭގެ އިތުރުން، ރާއްޖޭގެ 187 ރަށުގައި މީހުން ދިރިއުޅެމުންދާއިރު، އަލިފާން ނިއްވުމުގެ ޚިދުމަތް ރާއްޖޭގެ ސަރަހައްދުތަކަށް ފުޅާކޮށްދިނުމަށްޓަކައި މިހާރު އުފެދިފައި އޮތް އޭރިއާ ކޮމާންޑް ސްޓްރަކްޗަރ ތެރެއަށް އިތުރު ރަށްރަށް އިތުރު ކުރުމަކީވެސް އަލަށް އެކުލަވާލެވިފައިވާ އޮނިގަނޑު ތެރެއިން ކުރުމަށް ނިންމަވާފައިވާ ކަމެއް ކަމަށް މަންސޫރު ވިދާޅުވިއެވެ.

މަންސޫރު އިތުރަށް ވިދާޅުވީ، އޮނިގަނޑަށް ބަދަލުތައް ގެންނަވާއިރު، އިންސާނީ ވަސީލަތްތަކާއި ތަފާތު ރިސޯސްތައް ބޭނުންވާ ކަމަށާއި، އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރު ކުރުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން މަސައްކަތްތަކަށް ޤާބިލު ފަރާތްތައް ހޯދުމަށްޓަކައި އެކަމުގެ ތަމްރީނުތައް ބޭރުގެ ފަރާތްތަކާއި ގުޅިގެން ހޯއްދެވުމުގެ އިތުރުން، އެމްއެންޑީއެފުން ބޭނުންވާ އާލަތްތައް ހޯދުމުގެ މަޝްވަރާތައްވެސް ބޭރުގެ ފަރާތްތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

މި ބައްދަލުވުމުގައި ލެފްޓިނެންޓް ކާނަލް ހުސައިން އަލީއާއި، މޭޖަރ ހަސަން އާމިރުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްއެންޑީއެފުން ދެމުންދާ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ދިނުމުގެ މަސައްކަތް ކުރަމުންދާއިރު، އެމްއެންޑީއެފްގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ކުރުމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލުވެސް އެކި ޤައުމުތަކާއި މަޝްވަރާ ކުރަމުންދާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އަސްކަރީ އަދުލުގެ ނިޒާމާއި ހިންގުން ހަރުދަނާވެގެން ދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް