ކ. މާލެ
|
24 ޖޫން 2019 | ހޯމަ 18:45
އުރީދޫ ކަލަރ ރަންގެ އެކްސްޕޯ
އުރީދޫ ކަލަރ ރަންގެ އެކްސްޕޯ
އުރީދޫ
އުރީދޫ ކަލަރ ރަން
އުރީދޫ ކަލަރ ރަންގެ އެކްސްޕޯ: ޖޫން 25 އަދި 26 ވަނަ ދުވަހު، އައްޑޫ ސިޓީގައި!
 
އެކްސްޕޯގެ ފަހު ދުވަސް ކުރިއަށްދާނީ ސ. ހިތަދޫ ޔޫތް ސެންޓަރުގައި
 
އެކްސްޕޯގެ ފުރަތަމަ ދުވަސް އީކިއުއޭޓަރ ވިލެޖްގެ ބްލޫ ލެގޫންގައި

އުރީދޫ ކަލަރ ރަން އައްޑޫ 2019ގެ އެކްސްޕޯ ޖޫން 25 އަދި 26 ގައި އައްޑޫ ސިޓީގައި ކުރިއަށްދާނެ ކަމަށް އުރީދޫއިން ބުނެފި އެވެ.

މިއަހަރު އައްޑޫގައި ބާއްވާ ކަލަރ ރަން އަށް ރެޖިސްޓަރ ވެފައިވާ އެންމެހާ ދުވުންތެރިންނަށް، އެކްސްޕޯ އިން، ކަލަރ ރަންގެ ކިޓުތައް ބައްލަވައިގަނެވޭނެއެވެ.

އެކްސްޕޯގެ ފުރަތަމަ ދުވަސް ކުރިއަށްދާނީ 25 ޖޫން ވާ އަންގާރަ ދުވަހު، އީކިއުއޭޓަރ ވިލެޖްގެ ބްލޫ ލެގޫން ގައި، މެންދުރު 2.00 ން ހަވީރު 6.00ގެ ނިޔަލަށް އަދި ރޭގަނޑު 8.00 ން 10.00 އަށެވެ.

އެކްސްޕޯގެ ފަހު ދުވަސް ކުރިއަށްދާނީ 26 ޖޫން ވާ ބުދަ ދުވަހު، ސ. ހިތަދޫ ޔޫތް ސެންޓަރުގައި، ހެނދުނު 10.00 އަކުން ހަވީރު 6.00ގެ ނިޔަލަށް އަދި ރޭގަނޑު 8.00 ން 10.00 އަށެވެ.

ކަލަރ ރަންގެ ކިޓްތައް ބައްލަވައިގަތުމަށް، ރެޖިސްޓަރ ކުރި ފަރާތުގެ އައިޑީ ކާޑު، އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ރަސީދުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ކޮޕީ އެއް ގެންނަންޖެހޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

ރެޖިސްޓަރ ކުރެއްވި ފަރާތުގެ ބަދަލުގައި ކިޓް ނެންގެވުމަށް، ކިޓް ހަވާލުވާ ފަރާތުގެ އައިޑީ ކާޑު، ރެޖިސްޓަރ ކުރެއްވި ފަރާތުގެ އައިޑީ ކޮޕީ، އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ރަސީދު ބޭނުންވާނެ ކަމަށާއި އައިޑީ ކާޑުގެ ބަދަލުގައި، އެބޭފުޅެއްގެ އޮރިޖިނަލް ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގަބޫލުކުރާނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ.

ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމުން މަޖާވާނެ އިވެންޓެއް ކަމަށާއި އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ.

މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ ކަލަރ ރަން އައްޑޫގައި ބާއްވަނީ 28 ޖޫން ގެ ހަވީރު 4.00 ން 6.00 އަށެވެ.

އުރީދޫގެ މަޤްބޫލު ދުވުމުގެ އިތުރުން، ހުކުރު ދުވަހުގެ ހެނދުނު 8.00 ން 10.00 އަކަށް ވަނީ ވަރަށް ޚާއްސަ ގުޑި މަހާސަމާ އެއްވެސް އިންތިޒާމް ކޮށްފައި ކަމަށް އުރީދޫއިން ބުންޏެވެ.

މި މަހާސަމާގައި މަޑި އެރުވުން، މަޑި ހެދުމުގެ ވަރކްޝޮޕްތަށް، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޙާއްސަ ސްޓޯލެއް ވެސް ހުންނާނެއެވެ. އަދި އުރީދޫ ކަލަރ ރަންގެ އެކްސްޕޯ ނިމޭއިރު ނުނަގާ ހުރި ކިޓްތައް، އިތުރު ފަރާތްތަކުން ވިއްކާލަން ނިންމާ އެ ފުރުސަތު ގުޑި މަހާސަމާގައި ހުޅުވާލާނެއެވެ.

އަދި އުރީދޫ އާއި ގުޅިގެން، ޓްވިޓްސާފުން 29 ޖޫން ވަނަ ދުވަހުގެ ހަވީރު 4.00 ން 6.00 އަށް އައްޑޫގައި ސާފުކުރުމުގެ އިވެންޓެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

އެންމެ ޓްވީޓަކުން ފެށި، އާންމުންގެ މަޤްބޫލުކަން ހޯދާފައިވާ މި ޕްރޮގްރާމު ރާވާ ހިންގަމުންދަނީ ޓްވިޓްސާފުގެ ވޮލަންޓިއަރުންގެ އެހީގައެވެ.

މާލެ އަދި ހުޅުމާލޭގައި އިވެންޓުތަކެއް ކުރިއަށްގެންގޮސް، އައްޑޫގެ އިވެންޓާއި އެކު ޓްވިޓްސާފުން މިސްރާބުޖަހަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މި ޕްރޮގްރާމު ކުރިއަށްގެންދިއުމަށެވެ.

ޓްވިޓްސާފުގެ މައިގަނޑު އަސާސަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައި، ރަށްތަކުގެ ރީތިކަން ދަމަހައްޓައި، ތިމާވެއްޓާ ރައްޓެހި އެދެވޭ ބަދަލުތަކެއް ގެނައުމުގެ މަޤްސަދުގައި މަސައްކަތް ކުރާނެ ފަދަ ތިމާވެއްޓަށް ލޯބިކުރާ ޖީލެއް ބިނާކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް