ކ. މާލެ
|
17 މާރޗް 2019 | އާދީއްތަ 08:45
ކައިލީ ޖޭނަރ
ކައިލީ ޖޭނަރ
ގެޓީ އިމޭޖަސް
ކައިލީ ޖެނަރ
ދުނިޔޭގެ އެންމެ ޒުވާން ބިލިއަނަރަށް ކައިލީ ޖެނަރ ވީ ކިހިނެތް؟
ކޮސްމެޓިކްސް ވިޔަފާރި ފެށީ 2015 ވަނަ އަހަރު

އާއިލީ ޓީވީ ޑްރާމާ "ކީޕިން އަޕް ވިތު ކާޑޭޝިއަން"އިން މަގުބޫލުކަމެއް ހޯދައި އަމިއްލަ ވިޔަފާރިއެއް ފަށާފައިވާ ކައިލީ ޖެނަރ ވެފައިވަނީ ދުނިޔޭގެ އެންމެ ހަގު މުއްސަނދި މީހާއަށެވެ. 

އުމުރުން 21 އަހަރުގައި، ކާޑޭޝިއަން-ޖޭނަރ އާއިލާގެ ވެސް އެންމެ ހަގު ކައިލީ އަކީ  ފޯބްސްގެ ތާރީހުގައި ވެސް ވާރުތަނުވާ މިލްކިއްޔާތަކުން (ސެލްފް-މޭޑް) ބިލިއަނަރަކަށްވި އެންމެ ހަގު މީހާއެވެ. އެއީ މީގެ ކުރިން އެންމެ ހަގު މުއްސަނދިމީހާގެ ލަގަބު ހޯދާފައިވާ ފޭސްބުކްގެ ފައުންޑަރ މާކް ޒަކަބާގަށް ވުރެ ވެސް ހަގު އުމުރެކެވެ. ކައިލީއަށް އެ މަގާމު ލިބުނީ 21 އަހަރު ކަމުގައިވާއިރު މާކް ޒަކަބާގަށް ޒަކަބާގް އެންމެ ޒުވާން ބިލިއަނަރަކަށްވީ އުމުރުން 23 އަހަރުގައެވެ.

ކައިލީއަށް ފައިސާ އެންމެ ގިނައިން ލިބެނީ އޭނާގެ ވިޔަފާރިންނެވެ. 2015 ވަނަ އަހަރުގެ ނޮވެމްބަރ 30 ގައި އޭނާ ފެށި ކޮސްމެޓިކްސްގެ ވިޔަފާރިއެވެ.

އެމަސައްކަތުގައި ދާއިމީ 7 މުވައްޒަފާއި ވަގުތީ 5 މުވައްޒަފުން ގެންގުޅޭއިރު އެންމެ ބޮޑު އެހީތެރިކަމެއް ކައިލީއަށް ފޯރުކޮށްދެނީ އޭނާގެ މަންމަ ކްރިސްއެވެ.

ކައިލީ ބިލިއަނަރަކަށްވުމަށް އެންމެ ބޮޑަށް އެހީތެރިކަމެއް ލިބުނީ ސޯޝަލް މީޑިއާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އޭނާގެ އިންސްޓަގްރާމުގެ ފޮލޯވަރުންގެ އަދަދު 129 މިލިއަނަށް އަރާއިރު ކޮސްމެޓިކްސް އެ ޕްލެޓްފޯމުގެ ސްޓޯރީގައި ކޮންމެ ދުވަހަކު ވެސް ހިއްސާކުރެއެވެ. އޭގައި އޭނާ އަމިއްލައަށް ކޮސްމެޓިކްސް ބޭނުންކޮށްފައި ހުންނަ ވީޑިއޯތަކެވެ. އެއީ އޭނާގެ ކޮސްމެޓިކްސް ވިޔަފާރި އިސްތިހާރުވެ ފުޅާވެގެން ދިޔަ އެއް ސަބަބެވެ. 

އާއިލީ ޑްރާމާ" ކީޕިން އަޕް ވިތު ކާޑޭޝިއަން" ގައި ކައިލީ ފެނިގެން ދިޔައީ އޭނާގެ އުމުރުން އެންމެ 10 އަހަރުގައެވެ. އެ ޑްރާމާއިން ވެސް އޭނާއަށް އާމްދަނީއެއް ލިބެއެވެ. 

 

- ކޮމެންޓް