ކ. މާލެ
|
13 މާރޗް 2019 | ބުދަ 17:42
ތުއްތު ދަރިފުޅު ލޯކަން މިވަގުތު އޮތީ އިންޓެންސިވް ކެއަރަގައި
ތުއްތު ދަރިފުޅު ލޯކަން މިވަގުތު އޮތީ އިންޓެންސިވް ކެއަރަގައި
ބީބީސީ
ސިންގަޕޫރު
ސިންގަޕޫރު ހޮސްޕިޓަލަކަށް ފައިސާ ނުދެއްކިގެން އިނގިރޭސި ދެމަފިރިއަކަށް ދަރިފުޅު ނުގެންދެވިފައި
ދެމަފިރިން އިނގިރޭސިވިލާތުން ފުރާފައިވަނީ 2017ގެ ޑިސެމްބަރު މަހު

އިނގިރޭސި ވިލާތުގެ ދެމަފިރިއަކު ސިންގަޕޫރުގައި ދުވަސްނުފުރާ ވިހެއި ދަރިފުޅު އަނބުރާ އިނގިރޭސި ވިލާތަށް ގެންދިއުމަށް ބޭނުންވާ 140،000 ޕައުންޑް އެއްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކުރިން ޓީޗިންގ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ކޯލް ވިލްކިންސަން ވިހާފައިވަނީ އޭނާގެ ބައިވެރިޔާ، ޕެޓްރިކް ވޯލްޝް-ކެވަނާ ޢާއެކު އޮސްޓްރޭލިއާއިން އެނބުރި ގައުމަށް ދަތުރުކުުރުމުގެ ތެރޭގައި ބަނޑަށް 24 ހަފްތާގައެވެ.

ފިރެހެން ދަރިފުޅު ލޯކަން އުފަންވީ އޭނާ ސިންގަޕޫރުން އިނގިރޭސިވިލާތަށް ދިއުމަށް އެގައުމުގައި މަޑުކޮށްލައިގެން ތިއްބައެވެ.

ވިހޭއިރު ދަރިފުޅުގެ ބަރުދަނުގައި ހުރީ 0.86 ކިލޯ ގްރާމެވެ.

ސިންގަޕޫރުންވަނީ އެ ދެމަފިރިންނަށް 140،000 އެއްހާ ޕައުންޑްގެ ބިލެއް ހަވާލުކޮށްފައެވެ.

އެ މީހުން ބުނަމުންދަނީ އިނގިރޭސި ވިލާތުން ފުރުމުގެ ކުރިން ދަތުރަށް ނެގި ޓްރެވަލް އިންޝުއަރެންސްއިން، ބަލިވެއިނުމާއި ގުޅުންހުރި ކަންކަން ކަވަރު ނުކުރާކަމަށެވެ.

ސިންގަޕޫރުގެ ގާނޫނުތައް ބުނާގޮތުން މިފަދަ ހާލަތެއް ދިމާވި ނަމަވެސް އާމްދަނީ ހޯދުމަށް އެ ގައުމުގައި މަސައްކަތްކުރުމަކީ ކުށެކެވެ.

ތުއްތު ދަރިފުޅު ލޯކަން މިވަގުތު އިންޓެންސިވް ކެއަރަގައި އޮތް އިރު ދެމަފިރިން މަސައްކަތްކުރަމުންދަނީ ބިލް ދެއްކުމަށް ކްރައުޑް ފަންޑިންގ ހޯދުމަށެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާގައި މަސައްކަތް ކުރަން ފެށުމުގެ ކުރިން މި ދެމަފިރިން އިނގިރޭސިވިލާތުން ފުރާފައިވަނީ 2017ގެ ޑިސެމްބަރު މަހުއެވެ.

އުމުރުން 30 އަހަރުގެ ވިލްކިންސަން ބަލިވެއިންކަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެނގުމާއެކު އެ ދެ މަފިރިން ތިބީ އިނގިރޭސި ވިލާތަށް އެނބުރި ގޮސް އާއިލާއަށް ސަޕްރައިޒެއް ދޭންށެވެ.

ސިންގަޕޫރުގައި ދެ ދުވަހަށް މަޑުކޮށްލި ކޮށްލުމުގައި ފެބުރުއަރީ މަހުގެ 19 ވަނަ ދުވަހު ވިލްކިންސަންއަށް ޖެހުނީ އަވަހަށް ހޮސްޕިޓަލަށް ދާށެވެ.

ނޮޓިންގހަމްޝައަރގައި ކުރިން ޕްލަމްބަރަކަށް އުޅެފައިވާ އުމުރުން 27 އަހަރުގެ ވޯލްޝް-ކަވަނާ ބުނީ " ހުރިހާ ޑޮކްޓަރުންނާއި ނަރުހުންވެސް ތިބީ ވަރަށް ކަންބޮޑުވެފައި"

އޭނާ ބުނިގޮތުގައި އެތައް ޓެސްޓް ތަކަކަށްފަހު ވިލްކިންސަންގެ އިންފެކްޝަން ތަކެއް ހުރިކަން އެނގުމުން ވިލްކިންސަންއަށް އެންޓިބައޮޓިކްސްދީ ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވުނު މަސައްކަތެއްވަނީ ކޮށްފައެވެ.

ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ޑޮކްޓަރުން އެ ދެމަފިރިންނަށް އެންގީ ބަނޑަށް އެންމެ 24 މަހުގައި ވިލްކިންސަން ވިހެއުމަށް ފެންއަންނަންފަށާފައިވާކަމަށާއި އެނބުރި ގައުމަށް ދަތުރުފެށުން ރައްކާތެރި ނޫންކަމަށެވެ.

ތުއްތު ތުއްތު ލޯކަން ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އުފަންވިއިރު ހޮސްޕިޓަލުން އެ ދެ މަފިރިންނަށް އަންގާފައިވަނީ ދަރިފުޅަށް ދަތުރުފަތުރު ކުރެވޭފަދަ ހާލަތަކަށް ދަންދެން ތިން މަސްދުވަހަށް ސިންގަޕޫރުގައި މަޑުކުރުމަށެވެ.

 

- ކޮމެންޓް