ކ. މާލެ
|
5 މާރޗް 2019 | އަންގާރަ 19:01
ކުރީީގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން
ކުރީީގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން
ރައީސް އޮފީސް
މަގޭ ރިޕޯޓް
ވައްކަން ނުކުރާނީ ކޮންކަމަކުން؟
ފާތިމަތު އިބްރާހިމްގެ މައިންބަފައިންގެ ނަމުގައި އިމާރާތްކުރި މިސްކިތަށް މޯލްްޑިވްސް ގޭސްއިން 2.5 މިލިއަނަށް ވުރެ ގިނައިިން ހަރަދުކޮށްފައިވޭ

ނިމުނު ފަސް އަހަރަކު ފެނިގެންދިޔައީ، ކަމަނާއަކު ހިންގެވި ސަދަގާތު ފައުންޑޭޝަނަކުން، މާ ދީލަތި އެހީތަކެއް ފޯރު ކޮށްދެއްވަމުންގެންދެވި މަންޒަރެވެ.  ޕެނަޑޯލު ގުޅައަކަސް، ކަދުރަކަސް، ހިތާނުކުރަންޖެހުނަސް، ހަނޑޫ ހަކުރު ފުށް ބަހަން ޖެހުނަސް، ޗޮކުލެޓް ބަހަންޖެހުނަސް މި ދެންނެވި ސަދަގާތު ފައުންޑޭޝަނުން، ދީލަތިކަމާއެކު އެކަމެއް ކުރަމުންގެންދިޔަ މަންޒަރެވެ. މައިންބަފައިންގެ ހަނދާނުގައި މިސްކިތްތައް ވެސް ބިނާ ކުރައްވަމުންގެންދެވި އެވެ. 

ނަމަވެސް މިފަދަ ދީލަތި އެހީތަކެއް، ފޯރުކޮށްދެއްވަމުންގެންދެވިއިރު، އެއީ ކޮންތާކުން ލިބުނު މުއްސަނދިކަމަކުން ފޯރުކޮށްދިން ދީލަތި އެހީތަކެއްތޯ އޮތީ ބޮޑު ސުވާލެއްގެ ގޮތުގަ އެވެ. އެހެނީ އެއީ ވިޔަފާރިއެއް ކުރައްވާ ކަނބަލަކަށް ނުވާތީ އެވެ. ނުވަތަ އެފަދަ މާލީ މުއްސަނދިކަމެއް ލިބިވަޑައިގެންފައިވާ ކަނބަލެއްކަން ވެސް އެނގެން ނެތުމުންނެވެ. 

ބޭސް ބަންދުކުރުމަށް ފާތިމަތު އިބްރާހިމް، މުލިއާގޭގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ޓުވިޓަރ

އެހީތައް ބައްސަވަމުންގެންދެވި ގޮތުގެ ތަފްސީލްތައް ހާމަވެ، ބިތުފަންގި ނެގެމުންދިޔައިރު ކަމަކު ދާކަށް ނެތެވެ. ފައުންޑޭޝަނަކުން މާ ދިލާތިކަމާއެކު ބެއްސެވި އެހީތަކަކީ ރައްޔިތުންގެ މާލިއްޔަތުން ކުރި ވައްކަންތަކުގެ ތެރެއިން ނުވަތަ ހޯއްދެވި ނާޖާއިޒް ފައިސާތަކެއްގެ ތެރެއިން ބައްސަވަމުންގެންދެވި އެހީތަކެއްކަން އޮތީ ފަޅާ އަރާފަ އެވެ. 

ބެއްސެވި ކަދުރުތަކުގައި، އަމިއްލަ ނަންޖައްސަވައި، އެެކަމާނާގެ ހެޔޮ އެދުންތަކާއެކު ބެއްސެވިކަމަށް އެއްޗެއް ކަމަށް ވިދާޅުވަމުންގެންދަވަނިކޮށް އެއީ ސައުދީ ސަރުކާރުން ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ފޯރުކޮށްދިން ކަދުރުތައްކަން އޮތީ ފަޅާއަރާފަ އެވެ. ޕެނަޑޯލާއި ބޭސްތައް ބެއްސެވީ، އެސްޓީއޯގެ ތެރެއިންނެވެ. ހިތާނީ ކޭމްޕްތައް ހިންގެވީ ސަރުކާރުގެ ކުންފުނިތައް ދަރަނިވެރި ކޮށްލައިގެންނެވެ. އާސަންދަ އާއި، އެންސްޕާއާއި، މޯލްޑިވްސް ގޭސްއާއި، ފެން ކުންފުނުންޏާއެކު ދައުލަތުގެ ހުރިހާ ކުންފުނިތަކެއްގެ ތެރެއިންނެވެ. 

ދައުލަތުގެ ކުންފުނިތަކަށް ބަލަދުއަރާ ފައުންޑޭޝަނެއްގެ ގޮތުގައި ދެއްވި ހުރިހާ އެހީތަކެއްދޭން ޖެހުނީ ރައްޔިތުންނަށެވެ. 

މެޑަމް ފާތިމަތު އިބްރާހިމްގެ "ހެޔޮ އެދުންތަކާއެކު" ބެއްސެވި އެއްޗެހީގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ރައްޔިތުން ހީކޮށްގެންތިބީ، ކައިރީގައި ތިބި ކުދިންނަށް ބެއްސެވިހާ އައި ފޯނުތަކާއި، ދެންވެސް މާ ދީލަތިވެގެން ބެއްސެވި އެއްޗެއްސާ ހިސާބުން އެކަން ނިމުނީ ކަމަށެވެ. ދީލަތި އެހީތަކުުގެ ނަމުގައި އިތުރު ވައްކަންތަކެއް ކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް ބިތު ފަންގި ނެގެމުންދިޔައިރު، މައިންބަފައިންގެ ނަމުގައި އިމާރަތްކުރި މިސްކިތް ވެސް އޮތީ ވައްކަމާއި ހިޔާނާތުގެ ފައިސާއިން އިމާރަތްކޮށްފަ އެވެ. 

މޯލްޑިވްސްގެ ގޭސްގެ ހިސާބުތައް ދައްކާގޮތުން މައިންބަފައިންގެ ނަމުގައި ހުޅުމާލޭގައި އިމާރަތްކުރި އެ މިސްކިތަށް 2.5 މިލިއަނަށް ވުރެ ގިނައިން ހަރަދުކޮށްފައިވެއެވެ. އަދި އެކަން ކޮށްފައިއޮތީވެސް ވައްކަން ކުރުމަށް އެންމެ ތަޖުރިބާ ލިބިގެން، ވައްކަންކުުރާ އުސޫލުންނެވެ. ގދ. ތިނަދޫގައި އިމާރަތް ކުރާ ގޭސްޕްލާންޓްގެ ނަމުގައި ތަކެތި ހުޅުމާލެއަށް ޑައިވާޓް ކޮށްގެންނެވެ. 

މެޑަމް ފާތިމަތު އިބްރާހިމްގެ މައިބަފައިންގެ ހަނދާނުގައި އިމާރަތްކުރި މިސްކިތް -- ފޮޓޯ: ރާއްޖެ.އެމްވީ

މިގޮތަށް ގޮސް، މި ދެންނެވި ކަނބަލާއި، އެކަމަނާ ހިންގެވި ފައުންޑޭޝަނުން ކުރި އެތައް ވައްކަންތަކަކާއި، ހިޔާނާތެއްގެ ވާހަކަދެއްކިދާނެ އެވެ. ބެއްސެވި ހާ ފޯނަކާއި، ކައިރީގައި އުޅޭ ކުދިންނަށް ދެއްވި ހާ ފައިސާއަކަށްދާންދެން ލައްކަ ކަންތައްތަކެއް ހިންގާފައިވެއެވެ. 

ސުވާލަކީ މައިންބަފައިންގެ ނަމުގައި އިމާރަތްކުރި މިސްކިތަށް ހިޔާނާތާއި، ވައްކަމުގެ ތެރެއިން ފައިސާއާއި ވަސީލަތްތައް ހޯދިއިރު، ވައްކަން ނުކޮށް އޮންނާނީ ކޮންކަމެއްގަތޯ އެވެ. ހިޔާނަތްނުވެ އޮންނާނީ ކޮންކަމަކުންތޯ އެވެ.

މި މައްސަލަތައް ބަލައި، އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. ރައްޔިތުންގެ ފައިސާއިން، ކުރި ހަރަދުތަކުގެ ބަދަލުތައް ހޯދަންޖެހެއެވެ. 

- ކޮމެންޓް
6 މާރޗް 2019 | ބުދަ 07:28
ޅަބޭބާ
ތިކަން ފާޅުކަން ބޮޑުގޮތެއްގައި އެންމެންނަށް އެގުނަސް ވާކަމެއްހަރާމް! ސާބިތެއްނުވެ1 ހެއްކެއްނުލިބޭ! ބާ އިއްޒަތުބަޅީހޯ! ވައްސަލާމް1