ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 12:02
ސިނގިރޭޓްގެ ސަބަބުން ފުއްޕާމެއަށް ކެންސަރު ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު
ސިނގިރޭޓްގެ ސަބަބުން ފުއްޕާމެއަށް ކެންސަރު ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު
މުހައްމަދު ޝަރުހާން
ދުންފަތް، ހަށިގަނޑުގެ އެންމެ ބޮޑު އެއް ދުޝްމަން
ހަށިގަނޑުގެ އެންމެ ބޮޑު އެއް ދުޝްމަން
ދުންފަތުގެ ސަބަބުން ރަނގަޅު ކޮލެސްޓްރޯލް އެޗްޑީއެލް މަދުވެ ނުބައި ކޮލެސްޓްރޯލް އެލްޑީއެލް އިތުރުވެގެން ދޭ
ކޮންމެ ސިނގިރޭޓެއްގައި ހަށިގަނޑަށް ގެއްލުންދޭ 600 މާއްދާ އެކުލެވިގެންވޭ
ދުންފަތުގެ ސަބަބުން މަރުވާ ގިނަމީހުންނަކީ ފުއްޕާމޭގެ ކެންސަރުގައި މަރުވާ މީހުން

ކޮންމެ ގޮތަކަށް ދުންފަތުގެ އިސްތިއުމާލު ކުރިއަސް ދުންފަތަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެކެވެ. އެއްވެސް ބާވަތެއްގެ ދުންފަތެއްގައި ހަށިގަނޑަށް ރައްކާތެރި ފައިދާކުރަނިވި އެއްވެސް މާއްދާއެއް އެކުލެވިގެނެއް ނުވެއެވެ.

އެގޮތުން އޭސްޓޯން، ޓާޔާ، ނިކޮޓިން އަދި ކާބަން މޮނޮކްސައިޑަކީ ހަށިގަނޑަށް އެތައްގޮތަކުން ގެއްލުންދޭ މާއްދާތަކެވެ. ތިމާ ބޯ ސިނގިރޭޓްގެ ސަބަބުން ހަމައެކަނި ގެއްލުން ވަނީ ފުއްޕާމެއަށް އެކަންޏެއް ނޫނެވެ. މުޅި ހަށިގަނޑަށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުން  ދިމާވާ މައްސަލަތަކުގެ ތެރޭގައި

ފުއްޕާމޭގެ ކެންސަރު ޖެހުން:

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހަށިގަނޑުގަޑަށް ފުއްޕާމޭގެ ކެންސަރު ޖެހުން ބޮޑުވެގެން ދެއެވެ. އަދި މި ކަމުގައި މަރުވާ ގިނަމީހުންނަކީ ފުއްޕާމޭގެ ކެންސަރުގައި މަރުވާ މީހުންނެވެ.

ހިތުގެ ބަލި:

ހިތުގެ ބަލިތައް ޖެހޭ މީހުން އިތުރުވެގެން ދެއެވެ. ހާޓްއެޓޭކް ފަދަ ބޮޑަތި ބަލިތައް ޖެހުމާއި ކާޑިއެކް އެރެސްޓް ޖެހުން ފަދަ ބޮޑަތި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.

ކޮލެސްޓްރޯލް މަތިވުން:

ދުންފަތުގެ އިސްތިއުމާލުގެ ސަބަބުން ރަނގަޅު ކޮލެސްޓްރޯލް ( އެޗްޑީއެލް ) މަދުވެ އަދި ނުބައި ކޮލެސްޓްރޯލް (އެލްޑީއެލް) އިތުރުވެގެން ދެއެވެ.

ލޮލުގެ ފެނުން ދަށްވުން:

ލޮލުގެ ފެނުމަށް އަސަރުކޮށް ލޮލުގެ އެކި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. އެގޮތުން ގުލައުކޮމާ،ޑީޖެނެރޭޝަން އަދި ކެޓަރެކްޓްސް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެ އާންމު ވެގެން ދެއެވެ.

މާބަނޑު ދުވަސްވަރު ސިނގިރޭޓް ބޯނަމަ ލިބޭ ގެއްލުމުގެ ތެރޭގައި:

މާބަނޑު ދުވަސްވަރު ސިނގިރޭޓް ބޯނަމަ އަލަށް އުފަންވާ ކުއްޖާ މަރުވެ ނޭވާ ހިއްލުމާއި ކަންފަތުގައި އިންފެކްޝަން އުފެދުން ފަދަ ކަންކަމާއި ކުރިމަތިލާން ޖެއެވެ. އަދި ދަރިފުޅު ދުނިޔެއަށް އަންނަ ވަގުތު ބޭނުންވާ އޮކްސިޖަން ނުލިބި ތުއްތު ކުއްޖާ މަރުވުމުގެ ފުރުސަތު އެތައް ގުނައެއް އިތުރު ވެގެން ދެއެވެ.

ދަތްތައް ބަލިވުން:

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދަތްތައް ބަލިވެ ދަތްތަކުގެ ހުދުކަން ގެއްލި ދަތްތައް ރީނދޫ ވެއެވެ. މިކަމުގެ ސަބަބުން އަނގައިގެ ތެރޭގައި ހުންނަ ކަށިތައް ބަލިވެ އަނގައިގައި އިންފެކްޝަން އުފެދެން މެދުވެރި ވެއެވެ.

އިސްތަށިގަނޑުގައި ނުބައިވަސް ދުވުން:

ދުންފަތުގެ ބާވަތެއް ކަމުގައިވާ ސިގިރޭޓް ބުޔުމުގެ ސަބަބުން އެ ބޯ މީހާގެ ހަށިގަނޑުގަޔާއި، އިސްތަށިގަނޑުގަޔާއި އަދި އަނގައިގައި ނުބައިވަސް ދުވާ އަދި އެކަމުގެ ސަބަބުން އެހެން މީހުންނަށް އެކަމުގެ އުނދަގޫ ތަކާއި ކުރިމަތި ލާންޖެހޭ ކަމެކެވެ.

ނިޔަފަތި ތަކަށް ރީނދޫ ކުލައެރުން:

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އިނގިލިތަކާއި އިނގިލީގެ ނިޔަފަތިތަކަށް ރީނދޫ ކުލަ އަރާ އިނިގިލި ތަކުގެ ހަންގަނޑު ކުރަކިވާން މެދުވެރިވެއެވެ.

ގައިގެ ހަން ކުރަކިވުން:

ސިނގިރޭޓް ބޯނަމަ ގައިގެ ހަން ކުރަކިވެ ލޭގެ ދައުރުވުން ކުޑަވެގެން ދެއެވެ. މީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ލިބުމަށް އުނދަގޫ ވެއެވެ.

މީގެ އިތުރުން ކޮންމެ އެއް ސިނގިރޭޓެއްގައި ހަށިގަނޑަށް ގެއްލުންދޭ 600 މާއްދާ އެކުލެވިގެން ވެއެވެ. ސިނގިރޭޓެއް ދަމާލާ ކޮންމެ ފަހަރަކުން 7000 ކެމިކަލް ޕާޓިކަލް ހަށިގަނޑުގައި ދައުރު ވެއެވެ. މީގެތެރޭގައި ގިނަ ކެމިކަލް ތަކަކީ ހަށިގަނޑަށް ގެއްލުން ދެނިވި ކެމިކަލް ތަކެވެ.

އެގޮތުން 70 ކެމިކަލް އަކީ ކެންސަރާއި ގުޅުންހުރި ކެމިކަލް ތަކެއް ކަމަށް އެމެރިކަން ލަންގު އެސޯސިއޭޝަނުން ކުރި ދިރާސާއަކުން ދައްކައެވެ. 

ދުންފަތުގެ ސަބަބުން އަތުންދާ ފައިސާގެ ތެރޭގައި ދުނިޔޭގެ ބައެއް ގައުމުތަކުގައި ދުވާލަކު ސިނގިރޭޓް ފޮއްޓެއް ބޯނަމަ ކޮންމެ ދުވަހަކު އަތުން 25 ޑޮލަރު ހޭދަވާނެ ކަމަށް ބުނެއެވެ. އެއްހަފްތާގެ ތެރޭގައި 177 ޑޮލަރު ބޭކާރު ވެގެން ދާއިރު މަހެއްގެ މައްޗަށް 5310 ޑޮލަރު އަތުން އެއްވެސް ބޭނުމެއް ނެތްގޮތެއްގައި ހޭދަވެގެން ދެއެވެ.

އެހެން ކަމުން ސިއްހީ ގޮތުންނާއި މާއްދީ ގޮތުން ގެއްލުންތަކެއް ސިނގިރޭޓް ބޯ މީހާއަށް ލިބިގެން ދާއިރު މީ ވިސްނާލަން ޖެހޭ ކަމެކެވެ.

 

- ކޮމެންޓް