ކ. މާލެ
|
20 ޖެނުއަރީ 2019 | އާދީއްތަ 17:23
ނިދާފައިވާ ދެމަފިރިން
ނިދާފައިވާ ދެމަފިރިން
މުހައްމަދު ޝަރުހާން
އާންމު ސިއްހަތު
ދެވޭނެ ބޭހެއް ކުރެވޭނެ ފަރުވާއެއް ނެތް
މިނެރަލްސްއާއި ވިޓަމިން ގިނަ އަދަދަކަށް އެކުލެވޭ ކާނާ ކެއުން މުހިންމު
ބަރާބަރަށް ކަސްރަތު ކުރުމުން ބަރުދަން ލުއިކޮށްދީ، ޕްރެޝަރ ދަށްކޮށްދޭ

އެތައްފަހަރަކު ގަޑި އެލާމް ކޮށްގެންވެސް ތެދުވަން އުނދަގޫ މީހުންނާއި ވަރުބަލިކަން އިހްސާސް ކުރެވުމުގެ ސަބަބުން ނުތެދުވެވޭ މީހުން ވަރަށް ގިނައެވެ.

މިހެން މިކަން ދިމާވުމުން ދެވޭނެ ބޭހެއް ނުވަތަ ސިއްހީ ފަރުވާއެއް ނެތެވެ. މިހެން މިކަން ދިމާވާ ސަބަބު ތަށް ނައްތާލުމަށް ކުރެވިދާނެ މައިގަނޑު 5 ކަމަކީ:

1.ރަނގަޅު ކާނާ ކެއުން:

ހުރިހާ އެންމެންނަށް ވެސް ރަނގަޅު ކާނާ ކާންޖެހޭކަން އިނގެއެވެ. ނަމަވެސް ކާންޖެހޭ އުސޫލުން ގަޑިން ގަޑިއަށް ކަނީ ކިތައް މީހުން ބާވައޭ ހިތައް އަރައެވެ. ހަމަ އެއާއި އެކު ކާ ކާނާގެ ތެރޭގައި ތަރުކާރީއާއި މިނެރަލްސްއާއި ވިޓަމިން ގިނަ އަދަދަކަށް އެކުލެވޭ ކާނާ ކެއުން ވަރަށް މުހިންމެވެ. އަދި ގިނަ އަދަދަކަށް ފެންބުޔުމަށް އާދަކުރަން ޖެހެއެވެ.

ހަށިގަނދުގެ 75 އިންސައްތަ އަކީ ފެން ކަމަށްވާއިރު ހަށިގަނޑަށް ބޭނުން ވާވަރަށް ފެން ބުޔުމަކީ އާދައަކަށް ހަދަން ޖެހެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް މަދުވެގެން 8 ތަށި ފެން ބޯންޖެހޭ ކަމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައި ވެއެވެ.

  1. ކަސްރަތު ކުރުން:

ބަރާބަރަށް ކަސްރަތު ކުރުމުން ބަރުދަން ލުއިކޮށްދީ، ޕްރެޝަރ ދަށްކޮށްދީ،  ހަށިގަނޑުގެ ގުނަވަންތަށް ހެލިފެލިވުމުގެ އިތުރުން މީހާ ރިލެކްސް ކޮށްދެއެވެ.

މީގެ އިތުރުން މީހާގެ ހަށިގަނޑަށް އެނގޭ ވަރަށް ކޮންމެ ދުވަހަކުވެސް އެއްގަޑިއިރު ކަސްރަތު ކުރުމަށް ސަމާލްކަން ދިނުމަކީ މުހިންމު ކަމެކެވެ.

  1. ނިދުން:

އުނދަގުލަކާއި ނުލާ މެދުކެނޑުމެންނެތި ދުވާލަކު 6 ގަޑިއިއރާއި 7 ގަޑިއިރުގެ ނިދި ކޮންމެ މީހަކަށްވެސް ބެނުންވާއިރު ވިސްނަންޖެހޭ އެއްކަމަކީ އަވަހަށް ނިދާފައި އަވަހަށް ހޭލުމެވެ. އެހެން ނޫންކަމަށް ވާނަމަ ނިދުމުގެ ސަބަބުން އެމީހެއްގެ ހަށިގަނޑަށް ލިއްބައިދޭ އަރާމް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުލިބޭކަން ފާހަގަ ކުރެވެއެވެ.

  1. ހަކުރު އެކުލެވޭ ތަކެތި ކެއުން މަދުކުރުން:

ހަކުރު ބޭނުން ކުރާ ވަގުތު ހަށިގަނަޑަށް ހަކަތަ އިތުރު ކޮށްދެއެވެ. ނަމަވެސް މާގިނައިން ފޮނި އެއްޗިހި ބޭނުން ކުރުމަކީ އެއްވެސް ގޮތަކަށް ރަނގަޅު ކަމެންނޫނެވެ. ނަމަވެސް ގުދުރަތީ މޭވާއާއި ތަރުކާރީ ބޭނުންކުރާ ނިސްބަތް އިތުރުކުރަން ޖެހެއެވެ ތައްޔާރީ ފޮނިކާތަކެތިން ކެއުން މަދު ކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރު އަޅާ ކަމެކެވެ.   

5. ކެފޭން އެކުލެވޭ ތަކެތި ކެއުން މަދު ކުރުން:

ބައެއްކަހަލަ ކެފޭން ތަކަކީ އޭގައި އެކުލެވޭ ތަކެތީގެ ސަބަބުން ހަށިގަނޑަށް ހަކަތަ ލިއްބައިދޭ އެއްޗެއް ކަމުގައި ވިޔަސް ބައެއް ކަހަލަ ކެފޭން ތަކަކީ ބޭނުންވާ ވަރަށްވުރެން ގިނައިން ބޭނުން ކުރުމުން އޭގެ ނޭދެވޭ އަސަރު ހަށިގަނޑަށް ކުރާނެ އެއްޗެކެވެ.  ހެނދުނު ނިދާ ތެދުވުމާއި އެކު ބައެއްމީހުން ވަގުތުން ކޮފީ ބޯކަން ފާހަގަ ކުރެވިފައި ވެއެވެ. ނަމަވެސް ރަނގަޅުގޮތަކީ ހޭލައިގެން 2 ތަށި ފެން ބުޔުމަށްފަހު ދެ ގަޑިއިރުފަހުން ކޮފީ ބުޔުމެވެ.

މިކަންތައްތަކަކީ ވަރަށް ގިނަ މީހުންގެ ކިބައިގައި ހަރުލާފައިވާ ވަރަށް ނޭދެވޭ ސިއްހި އާދައެކެވެ. ނަމަވެސް މިފަދަ ކަންކަމާއި ދުރުހެލިވުމަށް ސަމާލުކަން ދޭނަމަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ އެއްވެސް މީހަކަށް މާ އުނދަގޫ ކަމަކަށް ނުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް