ކ. މާލެ
|
17 އޮކްޓޯބަރ 2018 | ބުދަ 13:33
ރައީސް ޔާމީން
ރައީސް ޔާމީން
އަޒުމޫން އަހުމަދު
ބިރުވެރި ހުވަފެން
ރައީސް ޔާމީން އަށް ފެނުނު ބިރުވެރި ހުވަފެން
މި ހޮވަފެން ފެނުގައި ވޯޓަށްވީ ގޮތް ފެނިފައިވޭ

ނަނާ ހުވަފެން ދުށީމޭ ދަރާވާ ހިނދު ދުނިޔޭން

      ބާރަކާ މީހަކުގެ ނުމެލާ ރީތިކޮށް ވެރިކަން ނިމޭތީއްޔޭ

            ނަނާ ހުވަފެން ދުށީމޭ....

 

އަހުމަގޭ ހެޔޮކަތުންނޭ ތަހުވާވެ އަނާ ބުނަންހޭ

      ކުރެހުމުން ދެލި ފިލާފަދަ ގަލަމަކުން ފާހަގަ ޖަހާތީޔޭ

           ނަނާ ހުވަފެން ދުށީމޭ...

 

ޅަ ފިސާރި މަގޭ ރަންކޮޅާ މަ ފިސާރި ތެދެއްބުނަންހޭ

      ހުރިހާ ގަސް ގަހުގެ ކުރިއަށް ވޯޓުތައް އުދުވެފައި އަރާތީއޭ

              ނަނާ ހުވަފެން ދުށީމޭ...

 

ވިލަކުން މަގޭ މިތުރާ ތިލަވާ ޅެންބަހުން ބުނަންހޭ

      ކިލަނބުނަގާ އަޑިން ފޮށި ވޯޓުތައް ފުމެފައި އުޅޭތީ އޭ

             ނަނާ ހުވަފެން ދުށީމޭ...

 

ނާނާ ތެދެކޭ ކަތުންނޭ ވާނާދި ނުވާ ވަރެއްހޭ

      އެކަކަށް ޖެހިހާ އެފާހަގަ ވެއްޓިގޮސް ދޭކަށް ޖެހޭތީއޭ

            ނަނާ ހުވަފެން ދުށީމޭ...

 

 

ރޯދިންނޭ އައްސަވާށޭ ތޯނުވާ މީ ބަހެކޭ

        ގޯތި ތެރެއިން އެތައް ވޯޓެއް ބަޔަކު މީހުން ހޮވާތީ އޭ

                ނަނާ ހުވަފެން ދުށީމޭ...

 

އަސްތާ ތެދެކޭ ކަތުންނޭ ގަސްދުން އިނދެފާ ބުނަންހޭ

      އަސްތާ އަޅުގަނޑު ދުށީމޭ ރަބަރަކުން ފާހަގަ ފުހޭތީ އޭ

             ނަނާ ހުވަފެން ދުށީމޭ...

 

ދަތި ނުވެ ނިދުމަށް މައޮއްވާ ލަތިދީ މިތުރާ މަގޭ ގާ

         އަޅުގަނޑަށް ޖެހި އެތައް ފާހަގަ ތަކެއް ދުވެފައި ފިލާތީއޭ

                ނަނާ ހުވަފެން ދުށީމޭ...

 

ތަފާތެއް ނުވެ ހުރެފާ މުއާ ގާތުގަ ބުނަންތާ

         ލަފާކަމަކަށް ވެދާނޭހޭ އަނގޮޓިތައް ފާހަގަ ޖަހާތީއޭ

                ނަނާ ހުވަފެން ދުށީމޭ...

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
17 އޮކްޓޯބަރ 2018 | ބުދަ 15:30
موس نياز
Saabahey aamir
17 އޮކްޓޯބަރ 2018 | ބުދަ 10:04
ނަޒާ
ވަރަށް ހަބޭސް. އާމިރު ވަރެއް ހަ،މަ ނެތް.