Advertisement
ކ. މާލެ
|
30 ޖެނުއަރީ 2017 | ހޯމަ 23:57
  ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު
ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު
ރާއްޖެއެމްވީ
ޑރ ޖަމީލް
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
ރިޝްވަތާއި ފައިސާ އިސްކުރާ ފަރާތްތަކުން އިބުރަތް ހާސިލް ކުރަންވީ މާޒީން

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އިއްތިހާދު މޯލްޑިވިއަން ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ލިޑާރުގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދު މިމޭރުމުން ވިދާޅުވީ އެމަނިކުފާނު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި މިވަގުތު ދިރިއުޅުއްވަމުން ގެންދަވާ ޑރ. ޖަމީލްގެ ޓްވީޓްގައި ވިދާޅުވީ ރިޝްވަތާއި ފައިސާ އިސްކުރާ ފަރާތްތަކުން އިބުރަތް ހާސިލް ކުރަންވީ މާޒީން ކަމަށާއި ރައްޔިތުންގެ ވޯޓަށް ޚިޔާނާތް ވުމުން ފަހުން ކުރާނީ ހިތާމަ ކަމަށެވެ.

ޑރ ޖަމީލް މިޓްވީޓް ކުރައްވާފައި މިވަނީ އެހެން ޕާޓީތަކަށް ނިސްބަތްވާ ކައުންސިލަރުން ތަކެއް ވެރިކަން ކުރާ މައި ޕާޓީ ޕީޕީއެމަށް ހޯމަ ދުވަހު ސޮއި ކުރައްވާފައި ވަނިކޮށެވެ.

ރައީސް ޔާމީން ވެރިކަމަށް ގެންނެވުމުގައި ރަށްރަށަށް ވަޑައިގެން ބުރަ މަސައްކަތްތަކެއް ކުރެއްވި ޑރ. ޖަމީލް ނައިބު ރައީސް ކަމުން ދުރުކޮށް މިވަގުތު ޖަލުގައި އޮންނެވި އަހުމަދު އަދީބަށް އެމަޤާމް ދެއްވަން މަޖިލީހުގައި މަސައްކަތް ކުރެއްވިއިރުވެސް ޖަމީލް ވަނީ މިފަދަ މޭރުމަކުން ބަސްފުޅު ވިދާޅުވެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް