Advertisement
ކ. މާލެ
|
29 ޖެނުއަރީ 2017 | އާދީއްތަ 01:32
އަދާލަތު ޕާޓީގެ އިސްވެރިން: ނާޒިމް ދޫކޮށްލުމަށް ވަނީ ގޮވާލާފައި
އަދާލަތު ޕާޓީގެ އިސްވެރިން: ނާޒިމް ދޫކޮށްލުމަށް ވަނީ ގޮވާލާފައި
ރާއްޖެއެމްވީ
އދ. ނިންމުމަށް އަމަލުކުރުނ
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި
ސަރުކާރުގެ ދެކޮޅު ނުޖެހޭ ވާހަކަތައް ވެސް ވަނީ ހުސްވެފައި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލުމަށް އދ. ގެ ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ގޮވާލާފައިވާ ގޮވާލުން ތަންފީޒް ކުރަން އަދާލަތު ޕާޓީންވެސް ގޮވާލައިފިއެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ މައްޗަށް ހިންގާފައިވާ ބޭއިންސާފު ޝަރީޢަތުގެ މައްސަލަ ދިރާސާ ކުރުމަށްފަހު އދ. ވޯކިންގ ގުރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނެރެފައިވާ ލަފަޔާއި އެއްގޮތަށް، ވަގުތުން ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް މިނިވަންކޮށް އޭނާގެ ގެއްލިފައިވާ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އަށާއި ކަމާގުޅޭ ދަޢުލަތުގެ އެންމެހައި މުއައްސަސާތަކަށް އަދާލަތު ޕާޓީންވެސް ގޮވާލައިފިއެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ބަންދުކޮށްގެން ގެންގުޅުނު ގެންގުޅުމުގައްޔާއި އެމަނިކުފާނުގެ މައްޗަށް ޝަރީޢަތް ހިންގުމުގައި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ހިންގާފައިވާ ބޮޑެތި ޖަރީމާތައް އދ.ގެ ވޯކިން ގުރޫޕުން ތަފްސީލުކޮށް ބަޔާންކޮށް، މުޅި ދުނިޔެއަށް ހާމަކޮށްފައިވާ ހިނދު، ދިވެހި ރައްޔިތުންގެ ނަމުގައި ދިވެހި ސަރުކާރުން ބައިނަލްއަޤުވާމީ ދުނިޔެއަށް ދައްކަމުން އަންނަ ދެކޮޅު ނުޖެހޭ އުޒުރުތައް ހުސްވެފައިވާކަން ފާހަގަ ކުރާ ކަމަށެވެ.

އަދާލަތުން ބުނީ ދިވެހި ސަރުކާރާއި ދަޢުލަތުގެ އެކި މުއައްސަސާތައް ގުޅިގެން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ނިގުޅައިގަނެ އަނިޔާވެރިވަމުންދާ މައްސަލަތައް އިތުރުވެ، އަދުލުއިންސާފަށް އެދި ސަލާންޖަހަން ދިވެހި ރައްޔިތުން ދިވެހިރާއްޖޭގެ އަސްދަނޑިން ބޭރަށް ނިކުންނަން މަޖުބޫރުވެ، އެކަންކަން މުޅިދުނިޔެއަށް ފަޟީހަތްވަމުންދިޔުމަކީ ދުނިޔޭގެކުރިމަތީގައި ދިވެހި ދަޢުލަތް ހިންގަންތިބި ފަރާތްތައް ލަދުގަންނަންޖެހިފައިވާ މައްސަލައެއް ކަމަށެވެ.

ހަމައެހެންމެ މި ގޮތަށް ދިވެހި ދަޢުލަތުން ނިންމަމުން އަންނަ ނިންމުންތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ދުނިޔޭގައި ދިވެހިރާއްޖެ އިތުރަށް އެކަހެރިވެ، ތަރައްޤީއަށް ހުރަސްއެޅި، ދިވެހި ރައްޔިތުންނަށް އޭގެ ގެއްލުން ސީދާގޮތުންނާއި ނުސީދާގޮތުން ފޯރާނެކަންވެސް ފާހަގަކުރާ ކަމަށާއި އެހެންކަމުން އެފަދަ ޤާނޫނާ ޚިލާފު ޖަރީމާތަކުގައި އެކި ސިފަސިފާގައި ބައިވެރިވާ އެންމެހައި ފަރާތްތަކުން މިކަންކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމުގައިވެސް އެ ޕާޓީންދެކޭކަމަށްވެސް ބުނެފައިވެއެވެ.

ބަވަނަވެފައިވާ ދުނިޔޭގައި ގުޅިގެން މަސައްކަތްކުރުމަކީ ހުރިހާ ގައުމުތަކުގެވެސް މަސްލަޙަތު ހުރިގޮތްކަމުގައިވާ ހިނދު، އދ ފަދަ ބައިނަލްއަޤުވާމީ ޖަމާޢަތްތަކުގެ ގޮވާލުންތަކަށް ތަކުރާރުކޮށް އިންކާރުކުރަމުންގެންދިއުމަކީ، ދިގުޒަމާންތަކަށް ދިވެހި ޤައުމު އޭގެ ހިތިކަން ތަޙައްމަލުކުރަން ޖެހިދާނެކަމަށްވެސް އަދާލަތުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް