Advertisement
ކ. މާލެ
|
28 ޖެނުއަރީ 2017 | ހޮނިހިރު 09:16
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާރު ފަހުމީ
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާރު ފަހުމީ
ރާއްޖެއެމްވީ
ރައީސް ޔާމީން
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
ނޫސްވެރިންނާ ބައްދަލުނުކުރައްވަނީ ފަލީހަތްވެވަޑައިގެންފާނެތީ
ވައްކަން ކުރުމަކީ ރާއްޖޭގެ ހުރިހާ ރައްޔަތުންގެ ގައިގައި ހުންނަން ޖެހޭ ސިފައެއްގެ ގޮތުގައި ރައީސް ޔާމިން ވިދާޅުވި
ރައީސް ޔާމީނަކީ ގައުމެއްގެ ވެރިޔެއްގެ ގޮތުގައި ހުންނަން ހެޔޮވާވަރުގެ ބޭފުޅެއް ނޫން ކަމަށް އިމްތިޔާޒު ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ނޫސްވެރިންނާ ބައްދަލުކުރައްވަން ކެރިވަޑައިނުގަންނަވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ މިރައީސް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިންތިޔާޒު ވިދާޅުވީ، ރާއްޖޭގެ ކަންކަމާ ގުޅިގެން ރައީސް ޔާމީން ނޫސްވެރިންނާ ބައްދަލުނުކުރައްވާ ކަމަށާއި، އެކަން ކުރައްވަން އެ މަނިކުފާނަށް ކެރިވަޑައިނުގަންނަވާ ކަމަށެވެ. އެހެންނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަފްތާއަކު އެތައްފަހަރަކު ނޫސްވެރިންނާ ބައްދަލުކުރައްވާ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ. 

ރައީސް ޔާމީން ނޫސްވެރިންނާ ބައްދަލުނުކުރައްވަނީ، އިމްތިޔާޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނު ފަލީހަތްވެ ވަޑައިގެންފާނެތީ އެވެ.  އެހެންނަމަވެސް ޕީޕީއެމްގެ މެމްބަރުންނާ ބައްދަލުކުރައްވާ އަމިއްލައަށްވެސް ފަލީހަތްވެ ވަޑައިގަންނަވާކަން އިމްތިޔާޒު ފާހަގަކުރެއްވި އެވެ. 

ވައްކަމާ ފޭރުމަކީ ފަންނެއްގެ ގޮތުގައި ރައީސް ޔާމީން ސިފަކުރައްވާފައިވާކަން ފާހަގަކުރައްވަމުން އިންތިޔާޒު ވިދާޅުވީ، އެފަދަ ކަންކަމަކީ ރާއްޖޭގެ ހުރިހާ ރައްޔަތުންގެ ގައިގައި ހުންނަން ޖެހޭ ސިފައެއްގެ ގޮތުގައި އެ މަނިކުފާނުގެ ވާހަކަފުޅުން އެނގޭ ކަމަށެވެ. 

ސިފައިންނާއި ފުލުހުން އަދި ރައްޔިތުން ނިކުމެ ރައީސް ޔާމީން އަޒުލްކުރަންޖެހޭ ކަމަށާއި، އެ މަނިކުފާނަކީ ގައުމެއްގެ ވެރިޔެއްގެ ގޮތުގައި ހުންނަން ހެޔޮވާވަރުގެ ބޭފުޅެއް ނޫން ކަމަށްވެސް އިންތިޔާޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ ރައީސް ޔާމީން ވަނީ އިސްލާމްދީން އަދި ދުނިޔެ ގަބޫލުކުރާ ހުރިހާ އިންސާނީ ހަމަތަކާ ހިލާފުވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.

މ.މުލަކާއި ދިއްގަރު އަދި މަޑުއްވަރީ ރައްޔަތުން ޕީޕީއެމް އަށް ސޮއިކުރަން މި މަހު 21 ވަނަ ދުވަހު ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކަރަޕްޝަން އަކީ އިންސާނީ ތަބީޔަތުގައި ހިމެނޭ ކަމަކަށްވާތީ މި ސަރުކާރުގެ ތެރެއިން ހިންގާ ކަންތައްތަކުގައިވެސް ކަރަޕްޝަނަށް ޖާގަ އެބައޮތް ކަމަށެވެ. އެހެންނަމަވެސް ކޮންމެ ސަރުކާރަކުންވެސް މަސައްކަތްކުރަންވާނީ އެ ޖާގަ ކުޑަކުރެވޭތޯ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަތަކާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އިދިކޮޅު އެމްޑީޕީންވެސް ވަނީ ރައީސްގެ ވާހަކަ ކުށްވެރިކޮށް ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ރައީސް ޔާމީން މަސައްކަތްކުރައްވަނީ ވައްކަމަކީވެސް އާދައިގެ ކަމެއްގެ ގޮތުގައި ދެއްކެވުމަށްކަމަށް ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް