ކ. މާލެ
|
27 ޖެނުއަރީ 2017 | ހުކުރު 01:53
ފާރިސް މައުމޫން: ސަރުކާރަށް ގެންދަވަނީ ފާޑު ވިދާޅުވަމުން
ފާރިސް މައުމޫން: ސަރުކާރަށް ގެންދަވަނީ ފާޑު ވިދާޅުވަމުން
ރާއްޖެއެމްވީ
ލޯކަލް ކައުންސިލް
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
އިންތިޚާބުތަކާ ބެހޭ ޤާނޫނުތަކާއި ޚިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ވަނީ ހަނިކޮށްފައި
މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައި އެތަންތަނުގެ މިނިވަންކަމާއި ނަޒާހާތްތެރިކަން ވަނީ ގެއްލުވާލާފައި

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް މިހާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ފާރިޝް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓް ތަކެއްގައެވެ.

ފާރިސް ކުރެއްވި ފުރަތަމަ ޓްވީޓްގައި ވިދާޅުވީ ރާއްޖޭގައި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތްކަމަށާއި އެއީ ޤައުމީ އިންތިޚާބެއް ނަމަވެސް އަދި ޕީޕީއެމްގެ އެތެރޭގެ އިންތިޚާބެއް ވިއަސް ކަން އޮތްގޮތް ކަމަށެވެ.

ދެވަނަ ޓްވީޓާއި ތިންވަނަ ޓްވީޓަކީ ފާރިސް އެހެން ވިދާޅުވި ސަބަބު ހާމަ ކުރެއްވުމުގެ ގޮތުން ކުރައްވާފައިވާ ދެ ޓްވީޓް ކަމަށެވެ.

އެގޮތުން ފުރަތަމަ ސަބަބެއްގެ ގޮތުގައި ފާރިސް ވިދާޅުވީ އިންތިޚާބުތަކާ ބެހޭ ޤާނޫނުތަކާއި ޚިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށްފައިވުން ކަމަށެވެ. ދެވަނަ ސަބަބެއްގެ ގޮތުގައި ފާރިސް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައި އެތަންތަނުގެ މިނިވަންކަމާއި ނަޒާހާތްތެރިކަން ގެއްލުވާލާފައިވުން ކަމަށެވެ. 

ފާރިސްގެ އިތުރުން އިދިކޮޅު ފަރާތްތަކުންވެސް ތަކުރާރުކޮށް ދަނީ ރާއްޖޭގައި އިންތިޚާބެއް ބާއްވަން އެންމެ އެކަސޭނަ މާހައުލެއް ނެތްކަމަށް ބުނަމުންނެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ދަނީ ބޮޑެތި ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ.

- ކޮމެންޓް