ރާއްޖެއިން ބަނރާ ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ގެންދަނީ ޚާއްސަ ޤާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުން ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.
އަސިކުޑާ ވޯލްޑް އިފްތިތާހުކުރުމާއި ބައިންލް އަގްވާމީ ކަސްޓަމްސް ދުވަސް ފާހަގަ ކުރުމަށް ބުރާސްފަތި ދުވަހު ކަސްޓަމްސްގައި ބޭއްވި ހަފްލަގައި ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ މަސްތުވާ ތެކއްޗާ ބެހޭ ގާނޫނުގައި ބަނގުރަލުގެ ވާހަކަ ބަޔާންކޮށްފައި ނެތުމުން އެ ޤާނޫނުގައި ގާނޫނީ އުނިކަމެއް ހުރުމުން ސަރުކާރުން މިހާރު ގެންދަނީ ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚައްސަ ޤާނޫނެއް ހަދަމުން ކަމަށެވެ.
ދިވެހިރާއްޖޭގެ މަސްތުވާތަކެތި މަނާކުރާ ގާނޫނުގައި ބަނގުރަލުގެ ވާހަކަ ބަޔާންކޮށްފައި ނެތުމުން މިއަދު މިކަންތައް ވެސް މިވަނީ ވަރަށް ބޮޑު ނުރައްކަލަކަށް ވެފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަޒްލީން ވިދާޅުވީ އިސްލާމްދީނުގައި އޮންނަނީކީ ހަމައެކަނި ހިކި މަސްތުވާތަކެތީގެ ވާހަކަ ނޫން ކަމަށާއި މަސްތުވާ ކޮންމެ އެއްޗަކީ އިސްލާމް ދީނުގައި ހަރާމް އެއްޗެއް ކަމަށެވެ. ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ބަނގުރާ ފެނުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށް އަޒްލީން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީސް ހުޅުވުމުން މިދައުރުގެ ތެރޭގައި އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށާއި އެހިސާބުން ބަނގުރާ އެތެރެ ކުރާ ފަރާތްތަކަށްވެސް އާދަޔާ ޚިލާފަށް ބޮޑެތި އަދަބުތައް ދެވިގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.