އެފްރިކާގެ ގައުމެއް ކަމަށްވާ ބުރުންޑީގައި ދަރިވަރުގެ ބަދަލުގައި ޓެސްޓް ހެދުމުން ޓީޗަރަކު ހައްޔަރު ކޮށްފިއެވެ.
ޓީޗަރެއް ކަމަށްވާ ބެންޖާމިން މަނިރަންބޯނާ ބުނީ އޭނާ ޓެސްޓް ހެދީ ދަރިވަރު ޔުނިވާސިޓީއަށް ކޮލިފައިވުމަށް ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ކަމަށެވެ. ސިފައިން ގޭގައި މަސައްކަތްކުރާ ދަރިވަރުގެ ޓެސްޓް ހެދީ އޭނާ އަކީ ސުލްހަ ގާއިމްކުރާ ފޯސްގައި ސޯމާލިއާއަށް މަސައްކަތް ކުރާ ދަރިވަރަކަށް ވާތީ ކަމަށެވެ. އަދި ސިފައިންގެ މީހާ އޭނާއަށް ބޮޑު އަގެއް ދިނުމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މިއީ މަނިރަންބޯނާ އެގޮތަށް ދަރިވަރުންގެ ޓެސްޓް ހެދި ފުރަތަމަ ފަހަރު ނޫން ކަމަށެވެ. އޭނާ އެގޮތަށް އެތައް ކުދިންގެ ޓެސްޓް ހަދާފައި ވާކަމުގެ އަޑު އަހާފައިވާ ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
މަނިރަންބޯނާ މިހާރުވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭނާގެ އިތުރުން އެމައްސަލައާ ގުޅުން ހުރި އިތުރު ފަރާތްތައް ވެސް ވަނީ ހައްޔަރު ކޮށްފައެވެ.