ކ. މާލެ
|
9 އޯގަސްޓް 2018 | ބުރާސްފަތި 11:33
ތަޚްތުގައި ހިމެނޭ ތަރިން
ތަޚްތުގައި ހިމެނޭ ތަރިން
ޓްވިޓަރ
ތަޚްތު
ކަރަން ޖޯހަރުގެ 'ތަޚްތު'ގެ ކާސްޓުން އިއުލާންކޮށްފި
 
 ރަންވީރް ސިންގހް، ކަރީނާ ކަޕޫރް، އާލިއާ ބަޓް، ޖާންވީ ކަޕޫރު، ބޫމީ ޕެޑްނާކަރް، ވިކީ ކައުޝާލް އަދި އަނިލް ކަޕޫރް
 
ތަޚްތުގެ ވާހަކަ ލިޔެފައި ވަނީ ސުމިތު ރޯއީ

ތާރީޚީ ފިލްމެއްގެ ގޮތުގައި ނެރުމަށް ހަމަޖެހިފައިވާ ކަރަން ޖޯހަރުގެ ފިލްމު "ތަޚްތު"ގެ ކާސްޓުން އިއުލާންކޮށްފިއެވެ.

"ތަޚްތު" އަކީ މުގަލް ދަރިކޮޅުގެ 5 ވަނަ ރަސްގެފާނު ޝާހް ޖަހާނާއި ތިން ދަރީންގެ ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާ ތާރީޚީ ފިލްމެކެވެ.

މި ފިލްމުގެ ކާސްޓުންނަށް ހިމެނެނީ ރަންވީރް ސިންގހް، ކަރީނާ ކަޕޫރް ޚާން، އާލިއާ ބަޓް، ޖާންވީ ކަޕޫރު، ބޫމީ ޕެޑްނާކަރް، ވިކީ ކައުޝާލް އަދި އަނިލް ކަޕޫރެވެ. މި ފިލްމުގައި ވިކީ ކޯޝާލް ކުޅޭނީ ރަންވީރްގެ ބޭބެގެ ރޯލެވެ. ކަރީނާ ކުޅޭނީ ރަންވީރްގެ ދައްތަގެ ރޯލެވެ. އާލިއާ ކުޅޭނީ ރަންވީރްގެ ލޯބިވެރިޔާގެ ރޯލު ކުޅޭއިރު ރަންވީރް ކުޅޭނީ ދާރާ ޝުކޯގެ ރޯލެވެ. 

"ތަޚްތު"ގެ ވާހަކަ ލިޔެފައި ވަނީ ސުމިތު ރޯއީއެވެ. 

މި ފިލްމު ވެގެންދާނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ކަރަންގެ ޑައިރެކްޝަން ފެނިގެންދާނެ ދެވަނަ ފިލްމަށެވެ. އެންމެ ފަހުން ނުކުތް ކަރަންގެ ފިލްމަކީ ރަންބީރު ކަޕޫރާއި އައިޝްވަރިޔާ އެކީގައި ފެނިގެންދިޔަ ފިލްމު "އޭ ދިލް ހެ މުޝްކިލް" އެވެ. 

"ތަޚްތު"އާ ބެހޭ ގޮތުން ކަރަން ބުނީ އެއީ  މުގަލްގެ ތަޚުތު ހޯދުމަށް ކުރި މަސައްކަތާއި އެ އާއިލާގައި ހިނގައިދިޔަ ކަންތައްތަކާއި ލޯބި ހޯދުމަށް ކުރި މަސައްކަތްތައް ހިމެނިގެންދާނެ ފިލްމެއް ކަމަށެވެ. އަދި ފިލްމުގައި އެކި ކުލަތައް އެކުލެވިގެންދާ ކަމަށާއި މުޅި ފިލްމު ބިނާވެގެންދާނީ ތާރީޚުގެ މައްޗަށް ކަމަށް ކަރަން ބުންޏެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް