ކ. މާލެ
|
8 އޯގަސްޓް 2018 | ބުދަ 22:35
ވިލިއަމްސްގެ މައްޗަށް ހިންގުނު ޝަރީއަތުގައި އޭނާގެ އަނގަމަތީގައި ވަނީ ރަތް ކުލައިގެ ޓޭޕް އަޅާފައި
ވިލިއަމްސްގެ މައްޗަށް ހިންގުނު ޝަރީއަތުގައި އޭނާގެ އަނގަމަތީގައި ވަނީ ރަތް ކުލައިގެ ޓޭޕް އަޅާފައި
ޓްވިޓަރ
އަނގަ ގަދަ މިތުރު
'އަނގަ ގަދަ މިތުރެއް' ހުއްޓުވަން ޓޭޕް އެޅުމަށް ގާޒީ އަމުރުކޮށްފި
 
ބައިގަޑީރުތެރޭ ޑަޒަނަކަށް ވުރެ ގިނަ ފަހަރު ގާޒީ ވަނީ އޭނާއަށް ނަސޭހަތްތެރިވެފައި
 
އޭނާ ވަނީ ގާޒީއާ ވެސް ދަޖަލު ކޮށްފައި
 
ދައުވާ ލިބޭ މީހާގެ އުމުރަކީ 32 އަހަރު

އެމެރިކާގެ ކޯޓެއްގެ ޝަރީއަތެއްގައި ދައުވާ ލިބޭ މީހާ، "ދަލު ބޭރުން ޖެހިގެން" ވާހަކަ ދައްކާތީވެ، އޭނާގެ އަނގަމަތީގައި ޓޭޕް އެޅުމަށް ފުލުހުންގެ މައްޗަށް ގާޒީ އަމުރު ކޮށްފިއެވެ.

ކޯޓުގައި އެހެން މީހުން ވާހަކަ ދައްކާ ވަގުތުތަކުގައި ފްރޭންކްލީން ވިލިއަމްސް ވާހަކަ ނުދެއްކުމަށް ބައި ގަނޑިއިރު ތެރޭގައި 12 ވަރަކަށް ފަހަރު ގާޒީ ޖޯން ރުއްސޯ ވަނީ ނަސޭހަތްތެރި ވެފައެވެ.

އުމުރުން 32 އަހަރުގެ ވިލިއަމްސްއަށް ކުރާ ދައުވާއަކީ ހަތިޔާރު ބޭނުންކޮށްގެން ވައްކަން ކުރި ކަމުގެ ދައުވާއެވެ. އެ ޝަރީއަތުގެ އަޑުއެހުމުގައި އޭނާގެ އަޑު އެންމެ ހިނދުކޮޅަކަށް ވެސް މެދުކެނޑިގެން ނުދެއެވެ.

ވިލިއަމްސް ގާތު ގާޒީ ވަނީ އޭނާގެ ދިފާއުގައި ލޯޔަރުން ވާހަކަ ދައްކަވާނެ ކަމަށާއި އޭގެ މާނައަކީ ވިލިއަމްސް މަޑުމަޑުން ހުރުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ވިލިއަމްސް ވަނީ ގާޒީ ދައްކަވަމުން ގެންދެވި ވާހަކަ މެދުކަޑާލުމަށް ފަހު، ގާޒީއަށް ގޮންޖައްސަވާފައެވެ. ވިލިއަމްސް ބުނީ އޭނާގެ ވާހަކަ ދެއްކުވުން ހުއްޓުމަކީ އޭނާގެ ހައްގަށް އަރައިގަތުން ކަމަށެވެ. އޭނާގެ ވާހަކަ އަނެއްކާ ވެސް ފެށުމާ އެކު ގާޒީގެ އަމުރުގެ މަތިން ފުލުހުން ވަނީ 15 އިންޗީގެ ޓޭޕްކޮޅެއް އޭނާގެ އަނގަމަތީގައި އަޅާފައެވެ. އަދި އޭނާ އަނގަމަތީގައި އެޅި ޓޭޕް ވަރުގަދަ ކުރުމަށް ދެވަނަ ޓޭޕްކޮޅެއް ވަނީ އަޅާފައެވެ.

ގާޒީ ޖޯން ރުއްސޯ ޝަރީއަތުގެ ފަހުން އެމެރިކާގެ ފޮކްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވިލިއަމްސްގެ ހަތަރު މައްސަލައެއް އޭނާ ބެލި ކަމަށާއި ދައުވާ ލިބުނު އެ މީހާއަކީ ވާހަކަ ދެއްކުމަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހެއް ކަމަށެވެ. ނަމަވެސް ކޯޓުގެ ހުރުމަތް ކަނޑައި ގާޒީގެ ބަހަށް ވުރެ އޭނާގެ ބަސް ވަރުގަދަ ކުރުމުން ފިޔަވަޅު އަޅަން ޖެހުނީ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.

ކޯޓުގައި ދިފާއުވާން ވިލިއަމްސް ކިތަންމެ ވާހަކައެއް ދެއްކި ކަމުގައިވީ ނަމަވެސް އޭނާ ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވެ 24 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް